ކަނޑުތައް ދެމެެހެއްޓެނިވި ގޮތުގައި ބޭނުންކުރަން ދޮށީގެ މަސްވެރިކަން މުހިންމު: ޝައުނާ

ސެޕްޓެމްބަރ 14، 2021: ގަވް އެމްވީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ކަނޑުތަކުގެ ދިރުންތަކަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބޭނުންކުރަން ދޮށީގެ މަސްވެރިކަން މުހިންމު ދައުރެއް އަދާކުރާ ކަމަށް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު މިނިސްޓަރު، އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން މިނިސްޓަރު ޝައުނާ ވަނީ މި ސިނާއަތާއި ތިމާވެއްޓާ ހުރި ގުޅުމުގެ މައްޗަށް އަލި އަޅުވައިލައި ބައެއް ވާހަކަތައް "ސަން" އާ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ރާއްޖެއަކީ މޫސުމީ ބަދަލުތަކަށް ހުށަހެޅިފައިވާ ޖަޒީރާ ގައުމަކަށްވާއިރު ތިމާވެށީގެ ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުވުން މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖޭގައި މަސްވެރިކަން ކުރަނީ ވެއްޓަށް އެންމެ ފައިދާހުރި، ދެމެހެއްޓެނިވި ގޮތަށްކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ މުޅި ދުނިޔޭގައި ވެސް އެންމެ ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިކަން ކުރާ ގައުމު. ދޮށީގެ މަސްވެރިކަން އަޅުގަނޑުމެން މި ގޮތުގައި ކުރިއަށް ގެންދަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ މިއީ، ނޫ އިގިތްޞާދެއް ކުރިއަރުވަން ކުރުން މުހިންމު ކަމެއް ކަމަށެވެ.

"މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނައިރު، ދޮށީގެ މަސްވެރިކަން ކުރުމަކީ ނޫ އިގްތިސާދަކަށާއި، ދެމެހެެއްޓެނިވި ގޮތެއްގައި ކަނޑުތަކުގެ ބޭނުން ހިފުން ޕްރޮމޯޓުކުރެވޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް މީގެ ކުރިންވަނީ ލަފާކޮށްފައެވެ.

ކަނޑުގެ ލޮނުގަނޑު ހޫނުވުމުން މުރަކައާއި ފަރުތައް ބްލީޗުވެ މަރުވާން މަގުފަހިވެއެވެ.

އޭގެ ސަބަބުން އެ ފަރުތަކުގައި އުޅޭ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.

comment ކޮމެންޓް