ވަޓްސްއެޕްއަކީ ޒާތީ މައުލޫމާތުން ވައްކަންކުރާ ޖާސޫސީ ހަތިޔާރެއް: ޓެލެގްރާމްގެ ފައުންޑާ

މަހަކު 2 ބިލިއަނަށް ވުރެ ގިނަ އެކްޓިވް ޔޫޒަރުން ތިބި ވަޓްސްއެޕް އަކީ ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ދުނިޔޭގެ އެންމެ މަގުބޫލު މޯބައިލް މެސެޖިން އެޕެވެ. އެހެންނަމަވެސް ވަޓްސްއެޕްގެ ވާދަވެރި ޓެލެގްރާމްގެ ބާނީ ވިދާޅުވާ ގޮތުގައި ވަޓްސްއެޕް އަކީ ބޭނުންކުރަން ހެޔޮވާވަރަށްވުރެ ނުބައި، ޖާސޫސީ އެޕެކެވެ. އޭނާ ވަޓްސްއެޕް ސިފަކުރެއްވީ ޔޫޒަރުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް އެހެން ފަރާތްތަކަށް ޖާސޫސްކޮށްދޭ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައެވެ.

ޓެލެގްރާމް ގެ ފައުންޑާ ޕަވެލް ޑޫރޯވް ބުރާސްފަތި ދުވަހު އޭނާގެ ޓެލެގްރާމް ޗެނަލްގައި ލިޔުއްވާފައިވަނީ އެމީހަކަށް ކަމުދާ ކޮންމެ މެސެޖިން އެޕެއް ކޮންމެ މީހަކުވެސް ބޭނުންކުރުމަކީ މައްސަލައެއްނޫނެވެ. އަދި އެފަދަ އެޕްތައް ބޭނުން ކުރަންވެސް ޖެހޭނެއެވެ. އެކަމަކު ވަޓްސްއެޕް އާ ދުރުހެލިވުމަށް އޭނާ ގޮވައިލިއެވެ. އެއީ 13 އަހަރު ވަންދެން ސަވައިލެންސް (ޖާސޫސްކުރާ) ޓޫލެއްގެ ގޮތުގައި ފާހަގަވެފައިވާ އެއްޗެއް ކަމަށް އޭނާ ތުހުމަތުކުރެއެވެ.

ޑޫރޯވް މިފަދަ ބޮޑު ތުހުމަތެއް ވަޓްސްއެޕަށް ކުރާއިރު، އޭނާ ރިފަރެންސް ކުރައްވަމުން ގެންދެވީ މިދިޔަ ހަފުތާގައި ވަޓްސްއެޕް އިން ފެނުނު ދެ ސެކިއުރިޓީ މައްސަލައަކަށެވެ. ދާދިފަހުން ފެންމަތިވި އެ މައްސަލަތަކުގެ ސަބަބުން ވަކި ޑިވައިސްތަކެއްގައި ރިމޯޓް ކޮށް ކޯޑް ކުރެވޭނެއެވެ. އޭގެ ސަބަބުން ހެކަރުންނަށް އެމީހުން ބޭނުންވީ ކޮންމެ ޑިވައިސް އެއް ޝިކާރަކޮށް ވީޑިއޯ ކޯލްކޮށް އަދި ނުވިތާކަށް ވަޓްސްއެޕް މެދުވެރިކޮށް އެފަދަ ޑިވައިސްތަކުން އެހެން ޑިވައިސްތަކަށް ވީޑިއޯ ފައިލްތައް ފޮނުވާހެދެއެވެ. އޭގެ ފަހުން ވަޓްސްއެޕް އިން ވަނީ އެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ސެކިއުރިޓީ އަޕްޑޭޓްތައް އާންމުކޮށްފައެވެ.

ރަޝިޔާއަށް އުފަން ޕަވެލް ފާހަގަކުރި ގޮތުގައި ވަޓްސްއެޕް އެންމެ ފަހުގެ ވާޝަނަށް އަޕްގްރޭޑް ކުރުމުން ވެސް ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަމެއް ނުލިބެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދާދި ފަހުން ޕެޗްކުރި މައްސަލަތަކާ އެއްގޮތް ސެކިއުރިޓީ މައްސަލަތައް 2017، 2018، 2019، އަދި 2020 ވަނަ އަހަރު ހޯދިފައިވާއިރު، 2016 ވަނަ އަހަރުގެ ކުރިން ވަޓްސްއެޕްގައި އެންޑް ޓު އެންޑް އެންކްރިޕްޝަން (ތިންވަނަ ފަރާތަކަށް މައުލޫމާތު ލިބުމަށް ހުރަސްއަޅާ ނިޒާމް) ނެތްކަން ވެސް އޭނާ ފާހަގަކުރެ އެވެ.

"ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ފޯނުތަކުގައި ހުންނަ ހުރިހާ އެއްޗަކަށް ހެކަރުންނަށް ފުރިހަމަ އެކްސެސް ލިބިދާނެ،" ޑޫރޯވް ލިޔެފައިވެ އެވެ.

"ކޮންމެ އަހަރަކުވެސް އަޅުގަނޑުމެންނަށް ވަޓްސްއެޕްގައި ކޮންމެވެސް މައްސަލައެއް ފެންމަތިވެގެން ދާއިރު އެ މައްސަލައެއްގެ ސަބަބުން އެމީހުންގެ ޔޫޒަރުންގެ ޑިވައިސްތަކުގައި ހުރި ހުރިހާ އެއްޗެއް ނުރައްކަލުގެ ތެރެއަށް ވައްޓާލާ."

ޑޫރޯވް ހާމަކުރާ ގޮތުގައި މި ސެކިއުރިޓީ މައްސަލަތަކަކީ ވަގުތީ މައްސަލަތަކެއް ނޫނެވެ. އެއީ ދުރާލާ ރާވައިގެން އެ ޕްލެޓްފޯމުން ކުރިއަށްގެންދާ ޖާސޫސީ މަސައްކަތެއްކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެއީ "ޕްލާންޓެޑް ބެކްޑޯސް"ތަކެއް ކޮންމެފަހަރަކުވެސް މިފަދަ ބެކްޑޯ (ސިއްރުން ވަދެވޭނެ މަގެއް) ހޯދައި ނައްތާލާ ކޮންމެ ފަހަރަކު އާ ބެކްޑޯރެއް އިތުރުކުރާ ކަމަށްވެސް އޭނާ ލިޔެފައިވެއެވެ.

"ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ ކަމުގައި ވިޔަސް މިއަކު ތަފާތެއް ނޫން، ފޯނުގައި ވަޓްސްއެޕް އިންސްޓޯލްކޮށްފައި ވާނަމަ އެ ޑިވައިސްގެ ކޮންމެ އެޕަކުންވެސް ލިބޭ ހުރިހާ މައުލޫމަތަކަށްވެސް އެކްސެސް ކުރެވޭނެ." އޭނާ ލިޔެފައިވެއެވެ.

އޭނާ ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާކަމުގައި އެ އިޝާރާތް ކުރަނީ ޖެފް ބެޒޯސް އަށެވެ. އެމެޒޯންގެ ބާނީގެ ފޯނު ހެކްކޮށްފައިވަނީ 2018 ވަނަ އަހަރު ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އެކައުންޓުން ފޮނުވި ކަމަށް ބުނާ ވަޓްސްއެޕް ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ.

ޑޫރޯވް އޭނާގެ ޕްލެޓްފޯމް ޓެލެގްރާމަށް އިތުރު ޔޫޒަރުން ޝައުގުވެރި ކުރުވުމަށް ވަޓްސްއެޕް އަށް މިފަދަ ތުހުމަތެއް ކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ޓެލެގްރާމްގެ ސީއީއޯ ފާހަގަކުރައްވާ ގޮތުގައި ޓެލެގްރާމްގެ 700 މިލިއަން އެކްޓިވް ޔޫޒަރުންނާއި އެކު ދުވާލަކު ދެ މިލިއަން މީހުން ސައިންއަޕް ކުރުމުން ޕްރައިވެސީއަށް ފޯކަސް ކުރާ ހިދުމަތަށް އިތުރު ޕްރޮމޯޝަނެއް ބޭނުމެއް ނުވާނެ އެވެ.

ޑޫރޯވްގެ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން މެޓާގެ ތަރުޖަމާނަކު ދަ އިންޑިޕެންޑެންޓަށް ވިދާޅުވީ "މިއީ މުޅިން ބޭކާރު" ވާހަކަ ތަކެއް ކަމަށެވެ.

މެޓާ އަކީ ޑްރޯވްގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ޓެކް ޖަޔަންޓެއް ނޫނެވެ. އޭނާ 2021 ވަނައަހަރު އެޕަލްގެ ފަހަތުން ވެސް އަޅައިގަނެގެން އުޅުނުކަމަށް ރިޕޯޓްތައް ބުނެއެވެ.

ސެކިއުރިޓީ މައްސަލަތަކެއްގެ އިތުރުން ވަޓްސްއެޕް އިން ޔޫޒަރުންގެ ޕްރައިވެސީއާ ހިލާފުވާ ކަމަށް ގިނަ ދައުވާތަކެއް ކުރިމަތިވެފައިވާއިރު، އޭގެ ތެރޭގައި ފޭސްބުކްގެ ޒާތީ މައުލޫމާތު ޝެއަރިން ޕޮލިސީއާ މެދު ޚިޔާލުތަފާތުވުންތައް އުފެދިފައިވެއެވެ. އަދި ޖެނެރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރު) އާ ޚިލާފުވި މައްސަލަތަކުގައި މިދިޔަ އަހަރު ރެކޯޑް އަދަދަކަށް 267 މިލިއަން ޑޮލަރުން މެޓާ ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

comment ކޮމެންޓް