އިސްލާމީ މަރުކަޒަށް ބޮޑުކަމު ދިޔަ މީހާ ދޫކޮށްލައިފި

އިސްލާމީ މަރުކަޒު: އެ ގޯތި ތެރެއަށް ބޮޑުކަމު ދިޔަ މީހާ ވަނީ ބަންދުން ދޫކޮށްލައިފައި-- ސަން ފައިލް ފޮޓޯ

އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެ އަމަލު ހިންގައިގެން ހައްޔަރު ކުރީ އުމުރުން 40 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދު ކޮށްދިނީ އެއް ދުވަހަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ބަންދުގެ މުއްދަތު ހަމަވުމާއެކު މިއަދު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

ބައެއް މައްސަލަތަކުގައި ބަންދުގެ މުއްދަތު ހަމަވުމުން އިތުރަށް މުއްދަތު ޖެހުމަށް ވެސް ކޯޓަށް ހާޒިރު ކުރެއެވެ. ނަމަވެސް މި މައްސަލާގައި އެގޮތަށް އަމަލު ނުކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް