އަލަށް އާބާދުވެ ތަރައްގީވަމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ޓިއުޝަން ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެގެން ހިންގާ ފުރަތަމަ ތަނަކަށް މިޒާ އިންސްޓިޓިއުޓް ވާނެއެވެ. ހިޔާގެ ދެވަނަ ޓަވަރުގެ ގްރައުންޑު ފްލޯގައި ހުންނަ މި ޓިއުޝަން ސެންޓަރުން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް ދޭ ޔަގީން ކަމަކީ ދުރު ދަތުރެއް ނުކޮށް، އެންމެ ޒަމާނީ، ފެންވަރު ރަނގަޅު ޓިއުޝަން ސެންޓަރެއްގެ ޚިދުމަތް އެ ތަނުން ލިބޭނެ ކަމެވެ.
ތައުލީމީ ދާއިރާގައި 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މުޙައްމަދު ރަޝީދުގެ މޭސްތިރިކަމުގެ ދަށުން ގާއިމުކުރި މި އިންސްޓިޓިއުޓުގެ ހުރިހާ ކަމެއް ވެސް ފަރުމާ ކޮށްފައިވަނީ، ކިޔެވުމަށް ފަހިވާނެ ގޮތަށެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް އަދި ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަމާއި، ބްރައިޓްވޭ އިންޓަނޭޝަނަލް ސުކޫލުގެ ޕްރިންސިޕަލްކަން، އަދި އެމްއެންޔޫގެ އެސިސްޓެންޓް ލެކްޗަރާކަން ވެސް ކުރައްވާފައިވާ ރަޝީދު ވިދާޅުވީ މިޒާ އިންސްޓިޓިއުޓު، އެހެން ޓިއުޝަން ސެންޓަރުތަކާ ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ އެތަނުގެ ގިނަ މުދައްރިސުންނަކީ ތަނުގެ ފުލްޓައިމް މުވައްޒަފުންނަށްވުން ކަމަށެވެ.
"ގިނަ ސެންޓަރުތަކުގައި މި ތިބެނީ ސްކޫލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން. އެކަމަކު، މިތަނުގައި ގިނައިން ތިބޭނީ އަޅުގަނޑުމެންގެ އަމިއްލަ ސްޓާފުން މިތަނަށް ހާއްސަ ވެގެން ތިބޭ. އެހެންކަމުން ކުދިންނަށް އަޅާލުން ބޮޑަށް ދެވޭނެ. ޓެސްޓެއް ކައިރިވިޔަސް އިތުރު ގަޑި ނަގައިދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ،" އޭނާ ފާހަގަކުރެއްވިއެވެ.
ގްރޭޑު އެކަކުން 12 އަށް، ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ވެސް ޓިއުޝަން ނަގައިދޭ އެ އިންސްޓިޓިއުޓުން އޯލެވެލް އަދި، އޭލެވެލް އިމްތިހާނަށް ތައްޔާރު ވަމުންދާ ދަރިވަރުންނަށް، ޚާއްސަ ސަމާލުކަމެއް ދީގެން ކްލާސްތައް ނަގައިދެއެވެ. ހުރިހާ ގްރޭޑަކަށް ކިޔަވައިދޭނީ ވެސް ފެންވަރު ރަނގަޅު، މާއްދާގެ ތަޖުރިބާ ހުރި ޓީޗަރުންނެވެ.
މީގެ އިތުރުން ހުރިހާ ކްލާސްރޫމެއްގައި ވެސް، އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައި ހުރެއެވެ. އެގޮތުން، ހުރިހާ ކްލާސްރޫމެއްގައި ވަނީ ސްމާޓް ޓީވީ ހަރުކޮށް، އޭސީ ކޮށްފައެވެ. އަދި، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކްލާސްތަކުގައި ސީސީޓީވީ ކެމެރާ ވެސް ވަނީ ހަރުކޮށްފައެވެ.
ރަޝީދުގެ ދުވަސްވީ ތަޖުރިބާއާއި، ހުނަރުވެރި މުދައްރިސުންގެ ޓީމަކާއެކު، ހިޔާ ސަރަހައްދުގައި މި ސެންޓަރުގެ ޚިދުމަތް ފެށުން ވާނީ ގިނަ ބެލެނިވެރިންގެ އިންތިޒާރަށް އައި ނިމުމަކަށެވެ. އެ ސެންޓަރުގެ ޚިދުމަތްތަކާ ބެހޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރަން ބޭނުން ނަމަ، 7333535 ނަންބަރާ ގުޅައިގެން އެކަން ކުރެވޭނެއެވެ. ނުވަތަ އެޗް2-ޖީ11 އަށް ޒިޔާރަތްކޮށްލައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.