ޔޫއެސް އޯޕަންގައި ޖޮކޮވިޗްއަށް ނުކުޅެވޭތީ ނަޑާލް އާއި މެޑްވެޑޭވް ހިތާމައިގައި!

ނޮވަކް ޖޮކޮވިޗް---

ޔޫއެއެސް އޯޕެންގައި ދުނިޔޭގެ އެންމެ މޮޅު ހަ ޓެނިސް ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ނޮވަކް ޖޮކޮވިޗްއަށް ނުކުޅެވޭތީ ހިތާމަކުރާކަމަށް އޭނާއާ ވާދަވެރި ރަފައެލް ނަޑާލް އާއި ޑަނީލްް މެޑްވެޑޭވް ބުނެފިއެވެ.

އޭނާއަށް ޔޫއެސް އޯޕެންގައި ބައިވެރި ނުވެވެނީ ކޮވިޑް-19ގެ ވެކްސިން ނުޖަހާތީއެވެ. އެމެރިކާއަށް ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ މީހުން އެތެރެވުމަކީ މަނާކަމެއް ކަމަށްވާތީ އޭނާއަށް އެ މުބާރާތުގައި ބައިވެރި ނުވެވޭނެއެވެ.

ދުނިޔޭގެ ތިން ވަނައަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ، ރަފާ ނަޑާލް ބުނީ ޔޫއެސް އޯޕަންއިން އޭނާގެ ބޮޑު ވާދަވެރިޔާ ޖޮކޮވިޗްއަށް ނުކުޅެވޭ ޚަބަރަކީ ހިތާމަވެރި ޚަބަރެއްކަމަށެވެ.

ޖޮކޮވިޗް ނެތްތަން ގްރޭންޑް ސްލޭމްއަށް ވަރަށް ބޮޑަށް ދައްކާނެކަމަށާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނަށް އެންޖަރީގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ހެދި ނަމަވެސް ނުކުޅެވުމަކީ މުބާރާތަށް އަންނަ ހީނަރުކަމެއް ކަމަށް ނަޑާލް ބުންޏެވެ.

ދުނިޔޭގެ އެއް ވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ މެޑްވެޑޭވް ބުނީ އޭނާ ޔޫއެސް އޯޕެންގެ ތަށި ދިފާއުކުރަން މުބާރާތާ ކުރިމަތިލާއިރު އެ މުބާރާތް ޖޮކޮވިޗްއާ ނުލާ ފަށާތީ ދެރަވާކަމަށެވެ.

ކޮވިޑް-19 ވެކްސިން ފުރިހަމަނުކުރާތީ މިއީ ޖޮކޮވިޗްއަށް ގެއްލޭ ދެ ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. މިއަހަރުގެ ޖެނުއަރީ މަހު ކުރިއަށް ދިޔަ އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗަށް ވެކްސިން ނުޖަހާތީ ނުކުޅެވެއެވެ.

comment ކޮމެންޓް