ޝައިޚް ނިޝާން ދޫކޮށްލުމާ ދެކޮޅަށް ކުރި އިސްތިއުނާފް ހައިކޯޓުން ބަލައެއްނުގަތް

އައްޝައިޚް އާދަމް ނިޝާން --- ފޮޓޯ/ އަވަސް

ޔޯގާ ޑޭ ހަމަނުޖެހުންތަކާ ގުޅިގެން އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ދޫކޮށްލަން ކުރި އަމުރު ބާތިލް ކުރެވެން ނެތް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ނިޝާން ދޫކޮށްލި އަމުރު ބާތިލްކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅި މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކުމަށް ލާޒިމްވާ އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށެވެ.

އަދި އެ މައްސަލާގައި ހުށަހެޅި ކަންކަމުގެ ބޭރުން ފަނޑިޔާރުން ގޮތް ނިންމާފައިނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

ހައިކޯޓުން އިއްޔެ ވަނީ އެ މައްސަލައިގައި ހައްޔަރުކުރި ޝައިޚް ފަޒްލޫން މުހައްމަދު ދޫކޮށްލި އަމުރު ބާތިލްކުރެވެން ނެތް ކަމަށް ވެސް ކަނޑައަޅައިފައެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ ފަޒްލޫން ބަންދުން ދޫކޮށްލުމަށް ކުރި އަމުރު ބާތިލްކުރަންޖެހޭ އެއްވެސް ހާލަތެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށެވެ.

comment ކޮމެންޓް