ފަޒްލޫނައި ނިޝާންގެ ދީނީ ނަސޭހަތް ދިނުުމުގެ ހުއްދަ އަލުން ދީފި

އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމާއި އައްޝައިހް ފަޒްލޫން މުހައްމަދު

ދެހާސް ބާވީސް ވަނަ އަހަރު ޖޫން މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލް ކޮށްފައި އޮތް އަތުން އިއްޔެ ބާތިލް ކޮށްފިއެވެ.

މިކަން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ސަން"އަށް ކަށަވަރު ކޮށްދީފައެވެ.

ހުއްދަ އަލުން ދިންކަން އަންގައި މިނިސްޓްރީން ދެ ޝެއިޚުންނަށް ފޮނުވި ސިޓީގައި ވަނީ، ހުއްދަ ބާތިލްކޮށްފައި އޮތް އޮތުން އުވާލީ ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި، ދީނީ ހުކުމް ބަޔާންކުރުމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާއި ގަވާއިދަށް އިހްތިރާމް ކުރުމަށް އެއްބަސްވުމުން ކަމަށެވެ.

މި މައްސަލައިގައި ދެ ޝެއިޚުންނަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. މި މައްސަލައިގެ ދައުވާތައް އަދިވެސް ކްރިމިނަލް ކޯޓުގައި އޮތް އިރު، ދެ ޝެއިޚުންނަށް ވަނީ ބަންދުން ދޫކޮށްލާފައެވެ.

މި މައްސަލައިގައި ދެ ޝެއިޚުން ހިމެނޭހެން ޖުމުލަ 18 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ.

comment ކޮމެންޓް