ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބެގޭޖް ކޮންޓެއިނަރެއް ވެއްޓި ހިނގި ހާދިސާއެއްގައި މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު 'ސަން'އަށް ވިދާޅުވީ އެއާޕޯޓުގައި މިއަދު ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގާ ދިޔަ ގޮތާ ބެހޭ ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އަނިޔާ ލިބުނު މީހާއަށް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.
ހަސަން ވިދާޅުވީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި އެކަން ތަހުގީގު ކުރާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ވީއައިއޭގައި ޖައްސާފައި އޮތް ބޯޓެއް ކައިރީ ލަގެޖު ކޮންޓެއިނަރެއް ވެއްޓިފައި އޮތް މަންޒަރެވެ. އެ ކޮންޓެއިނަރު ކައިރީ، ބިންމަތީގައި ލޭ ހުރިކަން ވެސް ފޮޓޯތަކުން ފާހަގަވެއެވެ.
ވީއައިއޭގައި އެފަދަ ހާދީސާއެއް ހިނގުމުން، އެމްއޭސީއެލްގެ ސޭފްޓީ އެންޑް ސެކިއުރިޓީ ޑިޕާޓްމެންޓުން ވެސް އެ މައްސަލައެއް ތަހުގީގުކުރެއެވެ.