ސައުދީ އަރަބިއްޔާއަށް އެތެރެވި ޔޫރަޕްގެ ތިން މީހުން ގައިން މަކުނުވިދުރި ފެނިއްޖެ

ސައުދީ އަރަބިއްޔާއަށް އެތެރެވި ޔޫރަޕްގެ ތިން މީހުން މަކުނުވިދުރި އަށް ފައްސިވެފައިވާކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ބުނެފިއެވެ.

ޖުލައި މަހުގެ 14 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ އެ ގައުމުން ފުުރަތަމަ ފަހަރަށް މަކުނުވިދުރީގެ ކޭސް ފެނުންކަން އިއުލާނުކޮށްފައެވެ. އެ މީހާއަކީ ވެސް އެހެން ގައުމަކުން ސައުދީއަށް އެތެރެވި މީހެކެވެ.

އެ މިނިސްޓްރީން ބުނީ، މި ބަލީގެ ހާލަތު ވަރަށް ގާތުން މޮނިޓާކުރާނެ ކަމަށެވެ. އަދިި މަކުނުވިދުރީގެ އެއްވެސް ކޭސްއެއް ރިޕޯޓް ކުރެވޭނަމަ އެކަން އިއުލާނު ކުރާނެ ކަމަށެވެ.

ކޮންމެ މީހަކުވެސް ދަތުރުފަތުރުކުރުމުގައި ސިއްހީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ހެލްތު މިނިސްޓްރީން ލަފާދީފައިވާއިރު، މަކުނުވިދުރިއާ ގުޅޭ ގޮތުން ހާއްސަ ގައިޑްލައިނެއް މިނިސްޓްރީ އިން ނެރިފައިވެއެވެ. އަދި ބައްޔާ ގުޅޭ މައުލޫމާތު ސާފު ކުރަން ކޯލް ސެންޓަރަށް ގުޅުމަށް ލަަފާދީފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަކުނުވިދުރީގެ ކޭސްތައް އިތުރުވުމާއި އެކު އެ ބައްޔަކީ އާއްމު ސިއްހަަތަށް އޮތް ނުރައްކަލެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މިހާތަނަށް 74 ގައުމެއްގެ 17،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ އިރު، ގިނަ ކޭސްތައް ފެނުނީ ޔޫރަޕުންނެވެ.

comment ކޮމެންޓް