މާލެ އިން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އާމިނަތު ޒާރާ ރިޔާޒް

މާލެ އިން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, މާލެ އިން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

އާއިލާއިން ކުރި ރިޕޯޓަކާ ގުޅިގެން އިތަރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގެއްލިގެން ހޯދަނީ އާމިނަތު ޒާރާ ރިޔާޒް ނަކަމަށް ކިޔާ ކުއްޖެކެވެ.

އާއިލާއިން ބުނީ އެ ކުއްޖާ ގެއިން ގޮސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު 2:30 ހާއިރު ކަމަށެވެ.

ބުރުގާ އަޅާފަ ހުންނަ އެ ކުއްޖާ އޭރު ލައިގެން ހުރީ ނޫކުލައިގެ ޖިންސަކާ ކަޅު ޓޮޕެއް ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ނ. ހެނބަދޫން ވަނީ 27 އަހަރުގެ ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފައެވެ.

މީގެ ކުރިން ވެސް ދެ ޖިންސުގެ ފުރާވަރު ކުދިން ވީ ނުވީތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރެއެވެ. ގިނަފަހަރަށް އެފަދަ ކުދިންނަކީ އާއިލާއަށް ފިލައިގެން އުޅޭ ކުދިންނެވެ.

comment ކޮމެންޓް