ހުޅުމާލެ ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެ

ހުޅުމާލެ ޖަލު: އެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މިއަދު ވަނީ މަރުވެފައި --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ހުޅުމާލެ ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވެފައި ވަނީ އއ. ހިމަންދޫ ހެޕީރެސްޓް، ޢަލީ މުޙައްމަދު،58، އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި އޭނާ ޔުނިޓުތެރޭ ހުއްޓައި ނޭވާ ލާން އުނދަގޫތަކެއް އިހުސާސްކުރެވި ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާދިނެވެ. އަދި ހާލަތު ގޯސްވާން ފެށުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ މިއަދު މެންދުރު ފަހު 15:20 ހާއިރު ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

ޢަލީ މުޙައްމަދަކީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގިކަމުގެ ކުށުގައި 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެވެ.

comment ކޮމެންޓް