ބީއެމްއެލް އެޕަށް އަޕްޑޭޓެއް: ޑިޖިޓަލް ވޮލެޓް ތައާރަފުކޮށްފި

ބީއެމްއެލް އެޕް މެދުވެރިކޮށް ފައިސާ ދައްކަނީ

ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕްގެ އާ އަޕްޑޭޓާ އެކު ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

މި އަޕްޑޭޓާއެކު، ވޮލެޓުން ވޮލެޓަށް ފައިސާ ފޮނުވުމާއި، ކޮންޓެކްޓްލެސް ޓްރާންސްފާގެ ހިދުމަތް ވެސް މިހާރު ލިބޭނެއެވެ. އެގޮތުން ކިއުއާރު ކޯޑު ސްކޭން ކޮށްގެންނާއި، އެންއެފްސީ މެދުވެރިކޮށް ފޯނު، ކާޑު މެޝިންގައި ޖައްސާލައިގެން ވެސް މިހާރު ފައިސާ ދައްކާލެވޭނެއެވެ.

މީގެ އިތުރުން "މޯބައިލް ކީ އިން" ހިދުމަތާއެކު ހަމައެކަނި ފޯނު ނަންބަރު ބޭނުންކޮށްގެން ޕީއޯއެސް ޓާމިނަލް މެދުވެރިކޮށް ފައިސާ ދެެއްކޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލް އެޕަަށް އައި އައު އަޕްޑޭޓް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މޯބައިލް ބޭންކިން އެޕަށް އާ ބަދަލުތަކަކާއި އިތުރު ފީޗާ ތަކާއެކު މިދިޔަ އަހަރު ގެނެވުނުކަމަށެވެ.

"މިއަދު ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕްގައި ހިމެނިގެންދިޔުމާއެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިން ހިދުމަތް ލިބިގެންދާނެ" ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލުން މޯބައިލް ބޭންކިންގެ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރީ 2015 ވަނަ އަހަރުއެވެ. މިހާރު އެ ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އެ ޚިދުމަތް ބޭނުންކުރާކަމަށް ބީއެމްއެލުން ބުނެއެވެ.

comment ކޮމެންޓް