އެފްއޭ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމް އިން ހުޅުވާލައިފި

--- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ އެފްއޭ ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފިއެވެ.

މިއަދު އެފްއޭއެމް އިން ކުރި އިއުލާނެއްގައި ވަނީ މި އަހަރުގެ އެފްއޭ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަންގެ މެންބަރު ކުލަބު، ޖަމްއިއްޔާތަކަށް ހުޅުވާލެވިފައިވާކަމަށެވެ.

މީގެ އިތުރުން އެ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި ކުލަބު، ޖަމްއިއްޔާތަކުން އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހުގެ 14:00ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނެކަމަށް އެ އިއުލާނުގައި ވެއެވެ.

އެފްއޭއެމް އިން ބުނީ ބައިވެރުވުމަށް އެދޭ ފޯމު [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ.

އެ އިލާނުގައި އިތުރަށް ބުނެފައިވަނީ އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތަފްސީލު ލިބުމުން އިތުރު މައުލޫމާތު ޓީމުތަކާ ހިއްސާކުރެވޭނެކަމަށެވެ. އަދި މުބާރާތުގެ ޤަވާއިދު ލިންކު މެދުވެރިކޮށް ލިބޭނެކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެންމެ ފަހުން އެފްއޭއެމް އިން އެފްއޭ ކަޕް ބާއްވާފައިވަނީ 2020 ވަނަ އަހަރުގައެވެ. ކޮވިޑްގެ ހައްސާސީ ހާލަތުކުގެ ސަބަބުން އެ އަހަރުގެ މުބާރާތް ވަނީ ކުއަޓާ ފައިނަލާ ހަމައިން ނިންމާލައިފައެވެ.

comment ކޮމެންޓް