ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީއަކަށް ޝިފާނާ

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީއަކަށް އައްޔަނު ކުރެއްވި އާމިނަތު ޝިފާނާ --

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމަށް، ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

ރައީސް، މި މަޤާމަށް އައްޔަނު ކުރެއްވީ ހ. ޓިވެގާލައިޓް، އާމިނަތު ޝިފާނާއެވެ.

ޝިފާނާ މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ.

އޭގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމާއި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގައި އިސްމަޤާމުތައް ފުރުއްވާފައިވެއެވެ.

ޝިފާނާ އެންމެ ފުރަތަމަ އަދާ ކުރެއްވީ ފޮރިން މިނިސްޓްރީގެ ޑެސްކް އޮފިސަރު ޓްރޭނީގެ މަގާމެވެ.

އޭނާ ވަނީ 2007 ވަނަ އަހަރު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ. މެނޭޖުމެންޓް ދާއިރާއިން ޝިފާނާ ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ 2004 ވަނަ އަހަރުގައެވެ.

ޝިފާނާ ވަނީ 1999 އިން ފަށައިގެން ސަރުކާރުގެ އެކި އެކި ދާއިރާ ތަކުގައި ތަފާތު މަޤާމުތައް ފުރުއްވާފައެވެ.

comment ކޮމެންޓް