ސީދާ ތިން ސެޓުން މޮޅުވެ ދީމާ ކެޑޭޓް ބައިގެ ފައިނަލަށް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ މުބާރާތުގެ ތެރެއިން — ފޮޓޯ / ރައީސް އޮފީސް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ މުބާރާތުގެ ކެޑޭޓް ބައިގެ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސެމީގައި ދީމާ ނުކުތީ ވަރުގަދަ އިންޑިއާގެ ސަންދިކާއާ ދެކޮޅަށެވެ.

މެޗުގެ ފުރަތަމަ ސެޓު ދީމާ ހޯދާފައިވަނީ ފޯރިގަދަ ކުޅުމަކަށްފަހު 11-9 އިންނެވެ. ދެ ވަނަ ސެޓު ފަށައިގެން ސިންދިކާ ލީޑު ނެގި ނަމަވެސް ދީމާ ވަނީ ފަހަތުންއަރައި 4-3އަށް ނަތީޖާ ބަދަލުކޮށްފައެވެ. މޮޅު ކުޅުމެއް ދައްކައި ދީމާ ވަނީ މި ސެޓު ވެސް ހޯދާފައެވެ. މި ސެޓު ދީމާ ހޯދާފައިވަނީ 11-6 އިންނެވެ.

ތިން ވަނަ ސެޓު ފަށައިގެން ވެސް ދީމާ ވަނީ މޮޅަށް ކުޅެފައެވެ. ސެޓުގައި ދީމާ އައީ ލީޑު ހިފަހަައްޓަމުންނެވެ. ނަމަވެސް ސަންދިކާ ވަނީ ފަހަތުން އަރައި 11-10 އިން ލީޑު ހޯދާފައެވެ. އޭގެ ފަހުން ދީމާ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ ފަހުން ވެސް ސަންދިކާ ލީޑު ނެގި ނަމަވެސް، ދީމާ ވަނީ ނަތީޖާ ހަމަހަމަކޮށް ލީޑެއް ނަގައިފައެވެ. ދީމާ މި ސެޓު ހޯދީ 15-13 އިންނެވެ.

މިބައިން ދީމާ ފައިނަލަށް ދިޔަައިރު، ޖޫނިއާ ބައިގެ ސެމީގައި ވެސް ދީމާ ވާދަ ކުރާނެއެވެ. މިބައިގެ ސެމީގައި ވެސް ދީމާ ނިކުންނާނީ އިންޑިއާގެ ކުޅުންތެރިޔަކާދެކޮޅަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް