ޖޫނިއާ ބައިން ވެސް ދީމާ ސެމީއަށް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ މުބާރާތުގެ ތެރެއިން — ފޮޓޯ / ރައީސް އޮފީސް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ މުބާރާތުގެ ޖޫނިއާ ބައިން ވެސް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފިއެވެ.

ސެމީއިން ދީމާ ޖާގަ ހޯދީ ކުއާޓާގައި ނޭޕާލްގެ ޝުބަޝްރީ ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.

މޮޅު ކުޅުމަކާއެކު ދީމާ ފުރަތަމަ ސެޓު ގެންދިޔައީ 11-7 އިންނެވެ. ދެ ވަނަ ސެޓު ނޭޕާލްގެ 9-11 އިން ގެންދިޔަ ނަމަވެސް، ދީމާ ވަނީ ތިން ވަނަ ސެޓު ބޮޑުތަފާތަކުން ހޯދާފައެވެ. ދީމާ މި ސެޓު ހޯދީ 11-1 އިންނެވެ. ފަހު ސެޓު 11-4 އިން ހޯދައި ދީމާ ވަނީ ޖޫނިއާ ބައިގެ ސެމީއިން ޖާގަ ހޯދައިފައެވެ.

ޖޫނިއާ ބައިގެ ސެމީގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. ސެޓުތައް ގޮސްފައިވަނީ 2-11، 7-11 އަދި 5-11 އިންނެވެ.

ދީމާ ވަނީ މުބާރާތުގެ ކެޑޭޓް ބައިގެ ސެމީއިން ވެސް ޖާގަ ހޯދައިފައެވެ. މިބައިގެ ސެމީގައި ދީމާ ނިކުންނާނީ އިންޑިއާގެ ސަންދިކާއާ ދެކޮޅަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް