ގެއްލުނު ޑައިވަރު ހޯދަން 55 ނޯޓިކަލް މޭލް ބަލައިފި، އަދި ވެސް ނުފެނޭ

ގެއްލިގެން ހޯދަަމުން އަންނަ ފުވައްމުލަކުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދު، 35،--

ފުވައްމުލަކު ބޭރަށް އިއްޔެ ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މީހާ ފެނޭތޯ ކަނޑުމަގުން 55 ސްކްއާ ނޯޓިކަލް މެއިލްސްގެ ސަރަހައްދެއް ބެލިއްޖެ ކަމަށް ސިފައިން މިއަދު ބުނެފިއެވެ.

ގެއްލިގެން ހޯދަނީ ފުވައްމުލަކުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދު، 35، އެވެ.

އޭނާ ހޯދުމުގެ މަސައްކަތުގައި ސިފައިން އަންނަނީ ދެ ހާބާ ކްރާފްޓް ބޭނުން ކުރަމުންނެވެ. އަދި ވައިގެ މަގުން ބެލުމަށްޓަކައި ޑޯނިއާ ފްލައިޓެއް އެ ސައިޓަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށް ސިފައިން ބުނެއެވެ.

ސައީދު ހޯދުމަށް ބަލަމުން އަންނަ ސަރަހައްދު--

ސައީދު ހޯދުމުގެ މަސައްކަތުގައި ސިފައިންގެ އިތުރުން ފުވައްމުލަކުގެ ޑައިވަރުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސައީދާއެކު އިއްޔެ ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި މަހުމޫދު ފާއިޒު ކިޔާ ޒުވާނެއްގެ ހާލު ވަނީ ދަށްވެފައެވެ. އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ކަނޑިންމަ ރިސޯޓް ޗެމްބަރުގައެވެ.

comment ކޮމެންޓް