ފުވައްމުލަކު ބޭރަށް ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކުގެ ގޮނޑުދޮށް ސަރަހައްދު-- ފޮޓޯ؛ ފުވައްމުލައް ޓައިމްސް

ފުވައްމުލަކު ބޭރަށް ޑައިވިނަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްްއެންޑީއެފްއިން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އިތުރު ތަފްސީލް ދެމުން ސިފައިން ބުނީ ގެއްލިގެން ހޯދަމުންދާ މީހާ ޑައިވިނަށް ފޭބީ މިއަދު 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އެ މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓެއް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިއަދު 15:45 ހާއިރުއެވެ.

comment ކޮމެންޓް