މަޝްވަރާއަށްފަހު، މޭޑޭ ހިނގާލުން ބޭއްވުމުގެ ހުއްދަ އެންމެ ފަހުން ދީފި

2016 ވަނަ އަަހަރު މޭޑޭގައި މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން --- ----- ސަން ފައިލް ފޮޓޯ

ބައިނަލްއަގްވާމީ މަސައްކަތްތެރިކަމުގެ ދުވަހާ ގުޅިގެން، މަސައްކަތްތެރިންނަށް ހައްގު ހޯދައިދިނުމަށް ގޮވާލާ ބާއްވާ ހިނގާލުމަށް ޖާގަ ނުދޭން ނިންމުމަށްފަހު، އެ ނިންމުން ބަދަލުކުރަން ފުލުހުން ނިންމައިފިއެވެ.

މިއީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ހަރަކާތެކެވެ. ހަރަކާތް މިއަދު ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ވަނީ އެ ފަރާތަށް ރޭގެ ވަގުތެއްގައި އަންގައިފައެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ރޯދަ މަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަޖީދީ މަގުގެ ޓްރެފިކަށް ވަރަށް ބާރުބޮޑުވާ ވަގުތަކަށްވާތީ އަދި ވަކީން ހާއްސަކޮށް ރޯދަ މަހުގެ ފަހު ދުވަހު ޓްރެފިކަށް އިތުރަށް ބާރު ބޮޑުވާނެތީ، މަޖީދީ މަގުގެ ބަދަލުގައި ގާނޫނު ހުއްދަ ކުރާ ސަރަހައްދެއްގައި އެ ރެލީ ކުރިއަށް ގެންދިއުމަށް ފުލުހުން އެދިފައިވާނެ ކަމަށެވެ.

މޭޑޭ ރެލީ ކުރިއަށް ނުގެންދެވޭނެ ކަމަށް ހިނގާލުން އިންތިޒާމް ކުރާ ފަރާތަށް އެންގީ އެ ފަރާތުން އެ ގޮތަށް އެއްބަސްވެފައިނުވާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ފަހުން ފުލުހުން ވަނީ މަޝްވަރާތަކަށްފަހު، ދެފަރާތުން އެއްބަސްވެވޭ އެހެން ސަރަހައްދެއްގައި ރެލީ ކުރިއަށް ގެންދިއުމުގެ ހުއްދަ މިހާރު ދީފައިވާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް