ފެމިލީ ކޯޓުގެ އިސް ގާޒީގެ މަޤާމަށް ހުޒައިފާ އައްޔަންކޮށްފި

ފެމިލީކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަންކުރެއްވި ހުޒައިފާ މުޙައްމަދަށް ފަތްކޮޅު އަރުވަނީ

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ހުޒައިފާ މުޙައްމަދު އައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭފުޅާއަށް ފަތްކޮޅު އެރުއްވީ، އެ ކޮމިޝަންގެ ރައީސް ޙިސާން ޙުސެއިންނެވެ.

ފެމެލީ ކޯޓުގެ އިސްގާޒީކަމަށް އައްޔަނުކުރި ހުޒައިފާ އަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ހުޒައިފާ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
މިއީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީ ކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރެވުނު ފުރަތަމަ ފަހަރުއެވެ.

ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމުގައި މީގެކުރިން ހުންނެވީ ހަސަން ސައީދެވެ. އޭނާއާމެދު ޖޭއެސްސީން ބަލަން ފެށި ސުލޫކީ މައްސަލައަކާ ގުޅިގެން 2019ވަނަ އަހަރު އޭނާ ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް