މެޖިސްޓްރޭޓް ކޯޓުތަކަށް 7 ފަނޑިޔާރަކު އައްޔަންކޮށްފި

އޮކްޓޯބަރ 1، 2019: ޖުޑިޝަލް ސާވިސް ކޮމިޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޖިސްޓްރޭޓް ކޯޓުތަކަށް ހަތް ފަނޑިޔަރަކު އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ނެރުނު އިއުލާނެއްގެ ދަށުން ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީންއިން އެ ކޮމިޝަނަށް ލަފާ އަރުވާފައިވާ ފަރާތްތަކުގެ ތެރެއިން ހަތް ފަރާތެއް ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

އެގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށް ޖޭއެސްސީއިން އައްޔަންކުރި ފަނޑިޔާރުންނަކީ:

  • ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ނ.ކުޑަފަރި، ކުރެއިމާ، އަބާން ޢަބްދުﷲ.
  • ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް އެ ރަށު، ވީލްޑެން، ރިމާހު މުހައްމަދު
  • ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ޅ.ނައިފަރު، އަތަ، އުސްރަތު މުހައްމަދު
  • އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް ފ.ބިލެތްދޫ، ބަސީރީހިޔާ، ޖައިލަމް ތައުފީގު
  • ކ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމަށް މާލެ ދަފްތަރު 14060، މަނާފް އިބްރާހީމް
  • ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ފ.ނިލަންދޫ، އުނިމާގެ، މޫސާ އިސްމާއީލް
  • ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް އައްޔަނު ކުރެވުނު ސ.ހިތަދޫ، ދުބުހިމާގެ، ނަހުޝާ ރަޝީދު

ޖޭއެސްސީ ބުނީ މި ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ނިންމާފައިވަނީ ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަވިއުކުރުމަށް ފަހު ކަމަށެވެ.

އަދި އެ ކޯޓުތަކަށް ހަތް ފަނޑިޔާރުން އައްޔަން ކުރުމަށް ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ކަމަށް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް