ކޮމަންޑޫ ދާއިރާއަށް އަލަށް އިންތިޚާބުކުރި ރާޝިދު ހުވާ ކުރުން މާދަމާ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ----

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދު މެންބަރު ކަމުގެ ހުވާ ކުރުން މާދަމާ ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ރާޝިދު މެންބަރު ކަމުގެ ހުވާ ކުރުން އޮންނާނީ މާދަމާ ހެނދުނު 8:30ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވާ ރަސްމިއްޔާތެއްގައި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރާޝިދަށް ލިބިވަޑައިގަތީ 1،441 ވޯޓެވެ.

ވާދަވެރިކަން ބޮޑު އެ އިންތިހާބުގައި ރާޝިދާ އެންމެ ކައިރިން ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. މި އިންތިހާބުގައި އެންމެ މަދުން ވޯޓު ލިބުނީ އެމްއެންޕީގެ ފަރާތުން ވާދަ ކުރެއްވި އަބްދުލްހާންނާން އިދުރީސް އަށެވެ. އޭނާއަށް ލިބުނީ 323 ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ މަޖިލީހުގައި އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

comment ކޮމެންޓް