އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލި ސުލެއިމާން އަލް ހަތާލިން ޝަހީދުކޮށްލައިފި

އިޒްރޭލުން ޝަހީދުކޮށްލި ސުލެއިމާން: ފޮޓޯ - އޭއެފްޕީ

އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އެގައުމުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ކެރިގެން ނުކުންނަމުން ދިޔަ ބަތަލެއްކަމަށްވާ ސުލެއިމާން އަލް ހައިތާލީ ޝަހީދުކޮށްލައިފިއެވެ.

ސުލެއިމާން ޝަހީދުކޮށްލާފައި ވަނީ އޭނާގެ ހަށިގަނޑު މަތިން ޓޯ ޓްރަކެއް ދުއްވައި، އެތައް އަނިޔާއެއް ދިނުމަށް ފަހުގައެވެ.

އެ ހާދިސާ ހިނގީ، ހުޅަނގު އައްސޭރީގެ އުއްމު އަލް ޚައިރުގައި ތިބި ރަޖިސްޓަރީ ނުކުރާ ވެހިކަލްތައް ނެގުމަށޭ ކިޔާފައި އިޒްރޭލުން ފޮނުވި ޓޯ ޓްރަކު ހުއްޓުވަން ސުލެއިމާން އުޅެނިކޮށެވެ. އަދި އިޒްރޭލުން އެ ޓްރަކު އޭނާގެ ހަށިގަނޑު މަތިން ދުއްވުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ގިނަ އަނިޔާތައް ލިބުނެވެ.

އެ އަނިޔާވެރި ހަމަލާގެ ސަބަބުން 13 ދުވަސް ވަންދެން ސުލެއިމާން ކޯމާއެއްގައި އޮތެވެ.

ސުލައިމާނު އަލް ހައިތާލީގެ ޖަނާޒާ ކުރިއަށް ގެންދިޔައީ ފުރިހަމަ އިއްޒަތުގައެވެ. އޭނާގެ ޖަނާޒާގައި އެތައް ހާސް ފަލަސްތީނުގެ ރައްޔިތުން ބައިވެރިވިއިރު، އޭނާ ޝަހީދުކޮށްލީ އިޒްރޭލާ ދެކޮޅަށް ކެރިގެން ނުކުތުމަށް ހިތްވަރު ދިން ފަހުންނެވެ.

comment ކޮމެންޓް