ގައުމު ބިނާކުރަން މުދައްރިސަކަށްވުމުގެ ފަހި ފުރުސަތު އެމްއެންޔޫއިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ކޯވިޑްގެ 2ވަނަ ރާޅައް ފަހު ކްލާސްތަކަށް-- ސަން ފޮޓޯ- އިބްރާހިމް އިފާޒް

މުދައްރިސަކަށްވުމަކީ ސުކޫލު ދައުރުގައި ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. ކިޔަވައިދޭ މުދައްރިސުންގެ ފަރާތުން ހިތްވަރުލިބި އެތައް ދަރިވަރުންނެއް އެކަމަށް ބޭނުންވެފައި ތިބެއެވެ. ގައުމު ބިނާކުރުމުގައި ހިއްސާވާން އެ ކުދިން ބޭނުންވެއެވެ. އެކަމުގެ ފަހި ފުރުސަތު ތަނަވަސް ކޮށްދެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފް.އީ)އަކީ 1977 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި މުދައްރިސުން ތަމްރީނު ކުރަމުން ގެންދާ މަރުކަޒެކެވެ. މިއަދާ ހަމައަށް އައިއިރު މި މަރުކަޒުން ވަނީ ތަފާތު ފެންވަރުގެ އެކި ކޯސްތަކުން އެތަކެއް ހާސް ޤާބިލް ކުޅަދާނަ މުދައްރިސުން ތައުލީމީ މައިދާނަށް ނެރެދީފައެވެ.

އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝަޢުގުހުރި ފަރާތްތަކަށް މި އަހަރުގެ
ފުރަތަމަ ސެމިސްޓަރގައި ވެސް، ފއެފް.އީ. ވަނީ ގިނަ ގުނަ ފުރުސަތުތަކެއް ފަހި ކޮށްދީފައެވެ. މާލޭގެ އިތުރުން
ރާއްޖޭގެ 3 ސަރަހައްދުގައި ޤާއިމްވެފައިވާ، ޤައުމީޔުނިވަރސިޓީގެ ތިން ކެންޕަހުގައިވެސް މި ފެކަލްޓީގެ ކޯސްތައް ފުރިހަމަކުރެވޭނެއެވެ.

ހއ. ކުޅުދުއްފުށީ، ، ގދ. ތިނަދޫ އަދި ލ. ގަމު ގައި މި ދާއިރާގެ ގިނަ ކޯސްތަކެއް ފުރިހަމަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މުދައްރިސްކަމުގެ ދާއިރާއަށް ބޭނުންވާ ހުރިހާ ފެންވަރެއްގެ ކޯސްތައް ވެސް އެފްއީގައި ހިންގައެވެ. އެގޮތިން އެންމެ ތުއްތު ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް، ބެޗެލަރ އޮފް ޓީޗިންގ އާރލީ ޗައިލްހުޑް ކޯސް ހެދޭނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހާއްސަވާން ބޭނުންވާ މީހުންނަށް އަމާޒުކޮށް ބެޗެލަރ އޮފް ޓީޗިންގ ސްޕެޝަލް އެޑިޔުކޭޝަން ކޯސް ވެސް އެ ފެކަލްޓީން ހިންގައެވެ.

ވިލާ ހައި ސުކޫލުގެ ދަރިވަރުން އެމްއެންޔޫއައް ޒިޔާރަތްކުރުމުގެ ތެރެއިން --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

މީގެ އިތުރުން ބެޗެލަރ އޮފް ޓީޗިން ޕްރައިމަރީ އާއި، ބެޗެލަރ އޮފް ޓީޗިންގ ސެކެންޑްރީ ކޯހަކީވެސް މި ފެކަލްޓީއިން ހިންގާ ވަރަށް ހާއްސަ ދެ ކޯހެވެ.

ހަމައެހެންމެ ވަކި ވަކި މާއްދާތައް ކިޔަވައިދޭން ހާއްސަވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ވަނީ ފަހިވެފައެވެ. ރާއްޖޭގެ ޤައުމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކަށް ޓީޗަރުން ތަމްރީނު ކުރުމުގައި އެފްއީއިން ވަނީ ފުރުސަތު ހުޅުވައިލައިފައެވެ.

އެ ހުރިހާ ކޯސްތަކަކީ ވެސް ޑިގްރީ ފެންވަރަށް ހިންގޭ ކޯސްތަކެކެެވެ. އެހެންކަމުން މިއިން ކޮންމެ ކޯހެއް ފުރިހަމަ ކުރި ކަމުގައި ވިޔަސް މުދައްރިސް ކަމުގެ ދާއިރާއިން ކުރިއަށް ދާން އެދޭ ދަރިވަރުންނަށް، ވަޒީފާގެ ފުރުސަތުތައް ލިބޭނެކަމަށް އެމްއެންޔޫން ބުނެއެވެ.

ބެޗްލާސް ޑިގްރީގެ އިތުރުން މާސްޓަރސް ޑިގްރީގެ ތަފާތު ގިނަ ކޯސްތަކެއްވެސް އެފްއީން ކުރިއަށް ގެންދެއެވެ.

ފެކަލްޓީ އޮފް އެޑިއުކޭޝަނަކީ ތަޖުރިބާއަށް ބަލާއިރު ނުހަނު ޤާބިލް ގިނަ ދާރިސުންނާއެކު 37 އަހަރުގެ ދިގު މުއްދަތެއްގައި މެދުނުކެނޑި މިފަދަ ކޯސްތައް ހިންގަމުންދާ މަރުކަޒެކެވެ. އެހެންކަމުން އެ ފެކަލްޓީއިން ކޯސް ފުރިހަމަކުރާ ދަރިވަރުންވާނީ، މި ދާއިރާއަށް އެންމެ އެކަށޭނަގޮތުގައި ޚިދުމަތް ދެވޭނެ ފަދަ ފެންވަރު ރަނގަޅު އެހާމެ ޤާބިލް މުދައްރިސުންނަށް ކަމަށް އެމްއެންޔޫން ބުނެއެވެ.

މި ކޯސްތަކަށް ކުރިމަތި ލުމުގެ މުއްދަތު މި ހިނގާ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހާ ހަމަޔަށް ވަނީ
ޅުވާލެވިފައެވެ. ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު ގައުމީ ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް