ކަރަންޓު ކެނޑުނު ހިޔާ ފްލެޓްތަކަށް އަލުން ކަރަންޓް ދީފި

ހިޔާ ފްލެޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޭބަލަށް ގެއްލުންވެ، ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުކަން ސްޓެލްކޯއިން އަންގާފައި ވަނީ މިއަދު ހެނދުނު 9.97 ހާއިރުއެވެ.

ސްޓެލްކޯއިން ބުނީ އެ ސަރަހައްދުން ކަރަންޓު ކެނޑިފައި ވަނީ އެތަނުގައި އަޅާފައިވާ ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ. އެ ކޭބަލަށް ގެއްލުންވީ އެ ސަރަހައްދުގައި ބަޔަކު ކުރަމުން ދިޔަ ކޮންސްޓްރަކްޝަން މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ގެއްލުންވި ކޭބަލް-- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯއިން ބުނެފައި ވަނީ، ކޭބަލްއަށް ގެއްލުން ވެފައި ވަނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި ކަމަށެވެ.

މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑި އިރު ހޭދަވާނެ ކަމަށް އޭރު ސްޓެލްކޯއިން ލަފާކުރިއެވެ.

މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް، ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް