ޝެއިހް، ނަޝީދުގެ ދަރުހެއް މިރޭ ޔޫތު ސެންޓަރުގައި

އައްޝައިހް، މުހައްމަދު ނަޝީދު އާދަމް -- ފޮޓޯ/ ސަލަފް

އައްޝައިހް، މުހައްމަދު ނަޝީދު އާދަމްގެ ވަރަށް ހާއްސަ ދަރުހެއް މިރޭ ޒުވާނުންގެ މަރުކަޒުގައި ބާއްވާނެ ކަމަށް ޖަމިއްޔަތުލް ސަލަފުން ބުނެފިއެވެ.

މާފަންނު ޔޫތު ސެންޓަރުގެ ސްޓޭޖުގައި މިރޭ ނުވައެއް ޖަހާއިރު ބާއްވަން ތައްޔާރުވަމުން އަންނަ މި ދަރުހުގައި ވާހަކަ ދައްކަން ހަމަޖައްސާފައިވާ މައުލޫއަކީ "އަހަރެން"އެވެ.

މިރޭގެ ދަރުސް ދެއްވައި، ޝެއިހް މުހައްމަދު ނަޝީދު އާދަމަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެއަށްފަހު، މެލޭސިއާގެ އަޒުހަރު ޔުނިވާސިޓީން، ޝަރިއާ އެންޑް ލޯއިން ފަސްޓް ޑިގްރީ ހާސިލު ކުރެއްވުމަފަހު، މިހާރު ގެންދަވަނީ މެލޭސިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި ގާނޫނީ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވައި ވިދާޅުވަމުންނެވެ.

ސަލަފުން ބުނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު، މިއީ ޝައިހް މުހައްމަދު ނަޝީދު އާދަމް ދަރުހެއް ދެއްވައި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ބުނީ ސަލަފު ޖަމުއިއްޔާގެ ފޭސް ބުކް ޕޭޖުން ވެސް މިރޭގެ ދަރުސް، ލައިވް ކުރާނެ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަސް ތެރޭގައި ވެސް ސަލަފު ޖަމުއިއްޔާގެ ފަރާތުން ވަނީ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައި ދަރުސް ދެއްވީ އައްޝައިހް، މުހައްމަދު ސަމީރު އިބްރާހީމްއެވެ.

comment ކޮމެންޓް