އިތުރު 96 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޖުލައި 15، 2021: އެޗްޕީއޭގެ ޓީމުތަކުން މާލޭގައި ރެންޑަމް ސާމްޕަލް ނަގަނީ-- ސަން ފޮޓޯ

މިއަދު ހަވީރު ހަޔަކާ ހަމައަށް ހިނގި 24 ގަޑިއިރުގެ ތެރޭގައި ނެގި 4,083 ސާމްޕަލުން 96 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ؛

  • މާލެ ސަރަހައްދުން 18
  • އަތޮޅުތަކުން 72
  • ހިންގަމުންދާ ރިސޯޓުތަކުން 06

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 90،821 އަށް ވަނީ އަރާފައެވެ.

މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 1،984 މީހުންގެ ތެރެއިން 16 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.

މިއަދު ބަލިން ރަނގަޅުވީ 142 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 88،576 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 248 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް