މީޑިއާނެޓްގެ ހުރިހާ ޗެނަލްއެއް ހިލޭ ހޯދުމުގެ ފުރުސަތު މިއޮތީ!

މޯލްޑިވްސް ލިވިން އެކްސްޕޯ، މީޑީއާނެޓްގެ ސްޓޯލް-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީޑިއާނެޓްގެ ހުރިހާ ޗެނަލް ހިމެނޭ "ވޯންޓް އިޓް އޯލް" ޕެކޭޖު، ހިލޭ ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

މީޑިއާނެޓުން އެ ލަކީޑްރޯ ނަގާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯގެ ތެރެއިންނެވެ.

މީޑިއާނެޓުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އެކްސްޕޯގައި ހުންނަ މީޑިއާނެޓްގެ ސްޓޯލަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ވެސް އެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"މި ލަކީޑްރޯއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް، [ކޭބަލް ނުވަތަ އެމްއެސް ޓީވީގެ] ވޯންޓް އިޓް އޯލް ޕެކޭޖު ތިން މަހަށް ހިލޭ ލިބޭނެ." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަލްޓި ސްރީން އެޕްލިކޭޝަނަށް ހާއްސަ ލަކީޑްރޯއެއް ވެސް މީޑިއާނެޓުން އެ އެކްސްޕޯގައި ވަނީ ފަށާފައެވެ.

އެ ލަކީޑްރޯއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އެމްއެސް މީޑިއާނެޓް އެޕްލިކޭޝަންގެ އެއް މަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ.

އެ އެޕްލިކޭޝަނަށް މުޅިން އަލަށް ރަޖިސްޓްރީ ވާ ފަރާތްތަކަށް އެމްއެސް މީޑިއާނެޓް އެޕްގައި ހިމެނޭ އެމްއެސް ކޮމްބޯ ހާއްސަ އަގުތަކެއް ވެސް އެކްސްޕޯގެ ތެރޭގައި މީޑިއާނެޓުން ދަނީ ދެމުންނެވެ.

މި ޕެކޭޖުގެ އަސްލު އަގަކީ މަހަކު 150 ރުފިޔާއެވެ. މި ދުވަސްވަރު މަހު ފީ 74 ރުފިޔާއަށް ކުޑަ ކޮށްފައިވާއިރު، މީޑިއާނެޓުން ވަނީ އަލަށް ރަޖިސްޓްރީ ވާ ކަސްޓަމަރުން ވަކި ކޯޑެއް ޖެހުމުން، ތިން މަހުގެ ޖުމުލަ މަހު ފީ 74 ރުފިޔާއަށް ކުޑަކޮށްދީފައެވެ. ލިވިން އެކްސްޕޯގައި ހުންނަ މީޑިއާނެޓުގެ ސްޓޯލުން އެ ކޯޑު ބަލައިލެވޭނެއެވެ.

މަލްޓި ސްކްރީން އެޕަކީ ހަބަރާއި މުނިފޫހިފިލުމުގެ އެތަކެއް ޕްރޮގްރާމްތަކާއި ޗެނަލްތައް ފޯނު، ޓެބްލެޓް އަދި ޓީވީ މެދުވެރިކޮށްވެސް ބަލާލެވޭ ޕްލެޓްފޯމެކެވެ. އާއިލާ އާއި ރައްޓެހިންނާއި އެކު އެއް ޑިވައިސްއަކުން ނުވަތަ ވަކިންވެސް އެންމެ މަގުބޫލު ޕްރޮގްރާމްތައް ބަލާލެވޭނެއެވެ.

މީގެ އިތުރުން އެމްއެސް ލައިޓްގެ ނަމުގައި މީޑިއާނެޓުން ވަނީ އާ ހިދުމަތެއް ވެސް ފަށާފައެވެ. މިއީ އެމްއެސްޓީވީގެ ލައިޓް ވާޝަންއެކެވެ.

އެމްއެސް ލައިޓް ހިދުމަތުން ޑީކޯޑާ އަކާ ނުލައި މީޑިއާނެޓްގެ ޗެނަލްތަކާއި ވީޑިއޯ އޮން ޑިމާންޑް ކޮންޓެންޓް އަދި މީޑިއާނެޓުގެ އަމިއްލަ އުފެއްދުންތައް ބަލައިލެވޭނެއެވެ.

އެ ހިދުމަތް ހާއްސަކޮށްފައިވަނީ އެލްޖީ، ސެމްސަންގް އަދި އެންޑްރޮއިޑް ޓީވީތަކަށެވެ. އެ ބާވަތުގެ ޓީވީތަކުގައި ހިމެނޭ ޕްލޭސްޓޯއިން އެމްއެސް ލައިޓް އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މޯލްޑިވްސް ލިވިން އެކްސްޕޯގެ މިއަހަރުގެ އެޑިޝަން މިއަދު ނިމޭނެއެވެ. އެކްސްޕޯ ހުޅުވާފައި ހުންނާނީ ހަވީރު ހަތަރަކުން ރޭގަނޑު ދިހައެއް ޖެހުމާ ހަމައަށެވެ.

comment ކޮމެންޓް