ގޯލްޑް 100ގެ ޕްލެޓިނަމް ޕާޓްނަރަކަށް މިއަހަރުވެސް ބީއެމްއެލް

ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ކޮންމެ އަހަރަކު ދެވޭ 'ގޯލްޑް 100' އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރގެ ގޮތުގައި ބައިވެރިވެއްޖެއެވެ.

'ގޯލްޑް 100' އަކީ ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާ ބެހޭގޮތުން އަހަރަކު އެއްފަހަރު ޝާއިއުކުރާ ލިސްޓެކެވެ.

ދިވެހިރާއްޖެއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ އެއް ގައުމަށްވުމާއެކު ބޭންކުން ވަނީ ވީހާވެސް އަވަހަށް ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ނެގެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

މިގޮތުން ބޭންކުން ވަނީ ފަތުުރުވެރިކަމުގެ ސިނާޔަތައް ހާއްސަކޮށް ޝޯޓް-ޓާމް ފައިނޭންސިންގ ތައާރަފްކޮށް، ބޭންކުން ދޫކޮށްފައިވާ ހުރިހާ ލޯނާއި ފައިނޭންސިންގްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

މީގެ އިތުރުން ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ވަނީ ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ލޯނާއި ފައިނޭންސް ދޫކޮށްފައެވެ. އަދި ރާއްޖޭގެ އިގްސާދާއި ވިޔަފާރިތަކަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބޭންކުން ވަނީ ރާއްޖޭން ބޭރުގެ މާލީ އިދާރާތަކާއި ސަރުކާރާ ގުޅިގެން ފަންޑިންގް ހޯދާފައެވެ.

ބީއެމްއެލް އިން ވަނީ ރާއްޖޭގެ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

ކްރޮސްރޯޑުގައި ރޭ ބޭއްވުނު ގާލާ އިވެންޓުގައި ރާއްޖޭގެ ކުރިއަރާފައިވާ 100 ވިޔަފާރިތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްވެސް ވަނީ ހިމެނިފައެވެ.

ބޭންކުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން 'ކޯޕަރޭޓް މޯލްޑިވްސް' އާ ގުޅިގެން މި އެވޯޑް ދިނުމަށް އެހީތެރިވަމުންނެވެ.

comment ކޮމެންޓް