ދިރާގު އެލީޓް ކުލަބްގެ ކާމިޔާބީ ފާހަގަކޮށް، ޕާޓްނަރުންގެ އަގުވަޒަންކުރުމަށް ޚާއްސަ އިވެންޓެއް ބާއްވައިފި

ދިރާގުން އެލީޓް ކުލަބް ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި އިވެންޓުގެ ތެރެއިން--

ދިރާގުން އެލީޓް ކުލަބް ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން، އެލީޓް ކުލަބްގެ ޕާޓްނަރުންނާއެކު ޚާއްސަ އިވެންޓެއް ދުސިތްޑީ ދޭއް ރިސޯޓު, ފޭދޫ ފިނޮޅުގައި ބާއްވައިފިއެވެ.

މި އިވެންޓުގައި ދިރާގު އެލީޓް ކުލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރުން ދިރާގަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރުއަދާކުރުމުގެ ގޮތުން ޚާއްސަ އެވޯޑެއް ހަވާލުކުރުމުގެ އިތުރުން އެލީޓް ކުލަބްގެ ކުރިމަގަށް ރާވައިފައި ހުރި ޚާއްސަ ކަންތައްތައް ޕާޓްނަރުންނާއި ހިއްސާކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

މިހާރުވެސް 100އަށް ވުރެ ގިނަ ވިޔަފާރިތަކުން އެލީޓް ކްލަބް މެދުވެރިކޮށް، ކަސްޓަމަރުންނަށް އަގުހުރި އެތައް ފުރުސަތުތަކެއް ލިބެމުންދާކަން ދިރާގުން ފާހަގަކުރެއެވެ.

މި އިވެންޓުގައި ވާހަކަފުޅުދައްކަވަމުން، ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވަނީ، 2013 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް، އެލީޓް ކުލަބަކީ ކަސްޓަމަރުންގެ މެދުގައި މިހާ ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ޕްރޮގްރާމަކަށް ވެގެން ގޮސްފައިވަނީ، އެލީޓް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް ގިނަ އަގުހުރި ފުރުސަތުތަކާއި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރެވިފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ.

ދިރާގުން އެލީޓް ކުލަބް ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި އިވެންޓުގެ ތެރެއިން--

ރިޔާޒް ވިދާޅުވީ، މި ޚިދުމަތް ޑިޖިޓަލައިޒްކޮށް، އިތުރަށް ފުރިހަމަކޮށް، ދިރާގާއި ޕާޓްނަރުންނާ ގުޅިގެން އެލީޓް ކުލަބްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްފަހު ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ތަޖުރިބާގެ ފުރުސަތު ހުޅުވާލުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ.

ދިރާގު އެލީޓް ކުލަބް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން އަބަދުވެސް ދަނީ އެ ކުންފުނީގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މިފަދަ އިތުރު ފައިދާތައް ހޯދައިދީ އައު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް