އެންމެ ފަހުގެ 14 އިންޗީގެ މެކްބުކް ޕްރޯ އަގުހެޔޮކޮށް އެމޭޒަން އިން

14 އިންޗި މެކްބުކްޕްރޯ

މިދިޔަ ހަފްތާގައި އެޕަލް އިން ވަނީ މެކްބުކް ޕްރޯގެ މުޅިން އާ ލެޕްޓޮޕްތަކެއް ނެރެފައެވެ.

މި ފަހުން އެޕަލް އިން ނެރުނު 16 އިންޗީގެ މެކްބުކަށްވުރެ 14 އިންޗީގެ މެކްބުކް ޕްރޯ އަކީ ޖީބަށް ލުއިވާނެ އެއްޗެއް ކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަޑު ފަތުރަމުންނެވެ.

ހަމައެއާއެކު އޮންލައިން ވިޔަފާރި ކުރަމުން އަންނަ ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ "އެމޭޒަން" އިން ވަނީ ވަރަށް އަގުހެޔޮކޮށް އެޕަލް 14 އިންޗީގެ މެކްބުކްޕްރޯ އަށް ޕްރީ އޯޑަރު ކުރުމަށް ފުރުސަތު ހުޅުވާލާފައެވެ.

އެމޭޒަންއިން 14 އިންޗީގެ މެކްބުކްޕްރޯ 1949 އެމެރިކާ ޑޮލަރަށް ޕްރީއޯޑާ ކުރެވޭނެއެވެ. އެއީ 16 ޖީބީ ރެމާއެކު 512 ޖީބީގެ އެސްއެސްޑީ އާ އެކު އެޕަލް ގެ އެމް ވަން ޕްރޯ ޗިޕް ހިމެނޭ މެކްބުކެވެ. އާއްމުގޮތެއްގައި މި ލެޕްޓޮޕް އެހެން ތަންތަނުން ލިބެން ހުންނަނީ 2000 ޑޮލަރަށް ވުރެ މަތީ އަގުތަކެއްގައެވެ.

މެކްބުކްޕްރޯގެ އިތުރުން މެގްސޭފް ޗާޖިންގް ކޭސްއާއެކު އެންމެ ފަހުން ނެރުނު އެއާޕޮޑް ޕްރޯ ގެ އަގުވެސް ވަނީ އެމޭޒަނުން އަގު ހެޔޮކޮށްފައެވެ. އެއީ 220 ޑޮލަރަށެވެ. އެހެންނަމަވެސް އެޕަލް ކުންފުނިން ވެސް އެ އެއާޕޮޑް ލިބެން ހުންނަނީ 249 އެމެރިކާ ޑޮލަރަށެވެ.

މިފަހަރު އެޕަލް އިން ނެރުނު މެކްބުކްޕްރޯ އަކީ އެހެން މެކްބުކްތަކާ ހިލާފަށް، ގިނަ ވަގުތު ޗާޖު ހިފަހައްޓާނެ ލެޕްޓޮޕެއްގެ އިތުރުން ކެމެރާ އާއި އޯޑިއޯ ރިކޯޑިން ފެންވަރު ކުރިއަށް ވުރެ ރަނގަޅު ލެޕްޓޮޕެކެވެ.

މީގެ އިތުރުން މި ލެޕްޓޮޕްގައި ހިމެނޭ އެމް ވަން ޗިޕަކީ ވަރަށް ތަފާތު މޮޅު ޗިޕެއް ކަމަށް ބޭރުގެ މީޑިއާ ރިޕޯޓް ތަކުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް