ހައިތަމަށް އިންޒާރު ދިން މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ދޮންދަރިއަށް އެކަނި!

މެމްބަރު ހައިތަމް: އޭނާއަށް އިންޒާރުދިން މައްސަލައިގައި ކުރީގެ ދޮންދަރިއަށް ވަނީ ދައުވާ ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ޝަޖާން މުއާޒަށް މަގުމަތިން އިންޒާރުދިން މައްސަލައިގައި, ދައުވާ އުފުލާފައިވަނީ ކުރީގެ ދޮންދަރިއަށް އެކަނި ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ހައިތަމް އާއި އަނބިކަނބަލުންނާ މަގުމަތިން ބަޔަކު ދިމާކޮށްލައި، އަޑުގަދަކޮށް އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖޫން މަހުގައެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ, އޭނާގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި ދޮންދަރިފުޅު ދިފްލާ ޖުނައިދުގެ މައްޗަށެވެ.

ނަމަވެސް ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ އެންމެ މީހެއްގެ މައްޗަށް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި މިއަދު އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް މައްސަލައިގެ ބާވަތުން އެކަމުގެ އިތުރު ތަފްސީލް ދެވެން ނެތް ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ ދިފްލާގެ މައްޗަށެވެ. ނަޖުމާއަށް ދައުވާ ކޮށްފައިނުވަނީ އެކަށީގެންވާ ހެކި ނެތިމުން ކަމަށް ވެސް ވަނީ އެނގިފައެވެ.

ހައިތަމް އާއި ޝަޖާން ކައިވެނިބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

comment ކޮމެންޓް