ސްކޭމްގެ މައްސަލައެއްގައި އުމުރުން ދުވަސްވީ އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ސްކޭމްގެ މައްސަލައެއްގައި އުމުރުން ދުވަސްވީ އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި -- ފޮޓޯ: ފުލުހުން

ސްކޭމްގެ މައްސަލައެއްގައި އުމުރުން ދުވަސްވީ އަންހެނަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ މ. ގޯބިލިގަސްދޮށުގެ، މާލެ، އުމުރުން 54 އަހަރުގެ ސަލީމާ ސަލީމެވެ.

ފުލުހުން ބުނީ އޭނާ އަކީ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާ އިއުލާނުކޮށްފައެވެ.

މިމައްސަލައިގައި އޭނާ ހާޒިރުވާން ޖެހެނީ މިމަހުގެ 26ގައި ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށެވެ. އެއީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުންވަނީ ބުނެފައެވެ.

https://sun.mv/228683

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، ނިމުނު ސެޕްޓެމްބަރު މަހު 179 މައްސަލަ ހުށަހެޅިފައިވާއިރު، އެ މައްސަލަތަކުގައި 1،918،497 ރުފިޔާގެ ގެއްލުނު ކަމަށް ވަނީ ދައްކާފައެވެ. އަދި އެފައިސާގެ ތެރެއިން އަނބުރާ ހޯދުނީ، 1،322،282 ރުފިޔާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް