ހައިތަމަށް އިންޒާރުދިން މައްސަލައިގައި ކުރީގެ އަނބިކަނބަލުންނާއި ދޮންދަރިއަށް ދައުވާ ކުރަން ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ހައިތަމް -- ފޮޓޯ/ މަޖިލިސް

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ޝަޖާން މުއާޒަށް މަގުމަތިން އިންޒާރުދިން މައްސަލައިގައި ކުރީގެ އަނބިކަނބަލުންނާއި ދޮންދަރިއަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން, ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ހައިތަމް އާއި އަނބިކަނބަލުންނާ މަގުމަތިން ބަޔަކު ދިމާކޮށްލައި އަޑުގަދަކޮށް އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖޫން މަހުގައެވެ.

ހައިތަމަށް އިންޒާރުދިން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ, އޭނާގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި ދޮންދަރިފުޅު ދިފްލާ ޖުނައިދަގެ މައްޗަށެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް އަދި މިހާތަނަށް ދައުވާ އުފުލިކަން ވަނީ އަދި ކަށަވަރުވާ ގޮތް ނުވެފައެވެ.

ހައިތަމް އާއި ޝަޖާން ކައިވެނިބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

comment ކޮމެންޓް