ކިނޮޅަހު ބަނދަރު ހަދަން އެމްޓީސީސީން އާދީއްތަ ދުވަހު އެ ރަށަށް ދަނީ

ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި ނެރު ބަންދުވެފައި --- ފޮޓޯ: ކައުންސިލް

ރ. ކިނޮޅަސް ނެރުމައްޗަށް ވަރަށް ބޮޑަށް ފަސް އަރައި، ބަނދަރުން އޮޑިދޯނިފަހަރު ނިކުތުމަށް ހުރަސްތަކެއް ކުރިމަތިވާތީ އެ މައްސަލަ ހައްލު ކުރަން އެމްޓީސީސީން އާދީއްތަ ދުވަހު އެ ރަށަށް ދާޏް ހަމަޖެހިއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އެރަށު ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން، މަޝްރޫއުގެ ޑިޒައިން މަސައްކަތް ނިންމާ ހަވާލުކުރާނެ ފަރާތެެއް ހޯދުމަށް މި އަހަރުގެ މާރޗް މަހުގެ ތެރޭގައި ބީލަން ހުށަހެޅުމަށް ފުރަތަމަ ފިނޭންސް މިނިސްޓްރީން ހުޅުވާލި ކަމަށެވެ.

ނަމަވެސް އިއުލާންކުރުމުގެ ފަހުން ކައުންސިލުން ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް އެދުމުން، އެ ބަދަލުތަކާއެކު އަލުން ޑިޒައިން ބަދަލުކުރުމަށްފަހު ޖުލައި މަހުގެ ތެރޭގައި އަލުން ބީލަމަށް ލާފައިވާ ކަަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ބީލަން ހުށަހެޅި އެއްވެސް ފަރާތަކަށް ބީލަން ކާމިޔާބު ނުކުރެވުނުކަން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

https://sun.mv/157681

އެހެންކަމުން ޑައިރެކްޓް އެވޯޑުކޮށްގެން އެމްޓީސީސީއާ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

އެއާއެކު، މި ވަގުތު ބަނދަރަށް ވަދެ ނުކުތުމަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް އާދީއްތަ ދުވަހު އެމްޓީސީސީން
އެރަށަށް ދިއުމަށް ހަމަޖެހިފައި ވާކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެރަށު ބަނދަރު ނެރު މައްޗަށް ވެލި އަރައި، ލަފާ ފުރުމަށް ދަތި ވުމުގެ ސަބަބުން އެރަށު ރައްޔިތުން ވަނީ ހަމަހިމޭންކަމުގެ އިހުތިޖާޖެއް ވެސް ކޮށްފައެވެ.

comment ކޮމެންޓް