"އިންޑިއާސް ގޮޓް ޓެލެންޓް"ގެ ޖަޖަކަށް ޝިލްޕާ

އިންޑިއާސް ގޮޓް ޓެލެންޓް މި އަހަރު އަންނާނެ---

މި އަހަރު އޮން އެއާ ކުރުމަށް ހަމަޖެހިފައިވާ "އިންޑިއާސް ގޮޓް ޓެލެންޓް"ގެ ޖަޖަކަށް ބަތަލާ ޝިލްޕާ ޝެޓީ ހަމަޖައްސައިފިއެވެ.

ސުޕާ ޑާންސާގެ ޖަޖުކަން ކުރުމަށްފަހު ޝިލްޕާ މި ޝޯގެ ޖަޖުކަން ކުރާނެކަން މިހާރު ކަށަވަރުވެފައިވާއިރު މިހާރު ވަނީ "އިންޑިއާސް ގޮޓް ޓެލެންޓް"ގެ ޕްރޮމޯއެއް ޝިލްޕާ އާއެކު ދައްކާލާފައެވެ. އަވަސްމުސްތަގްބަލެއްގެ ތެރޭގައި މި ޝޯގެ އޮޑިޝަން ބާއްވާނެ ކަން ސޮނީ ޓީވީ އިން ވަނީ އިއުލާންކޮށްފައެވެ.

ދެހާސް ނުވަވަނަ އަހަރު އިންޑިއާސް ގޮޓް ޓެލެންޓުގެ ފުރަތަމަ އެޕިސޯޑެއް އައި އިރު އެ ޝޯ ޖަޖުކަން ކުރީ ކިރަން ޚޭރް، ސޮނާލީ ބެންޑްރޭ އަދި ޝޭކަރު ސުމަން އެވެ.

މި ޝޯ އިއުލާންކުރަމުން ސޮނީ ޓީވީގެ ހެޑް އަޝިޝް ގޯލްވަލްކަރު ވިދާޅުވީ މި ޕްލެޓްފޯމަކީ މުޅި އިންޑިއާގެ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޝޯއެއް ކަމަށާއި އެކި ވައްތަރުގެ ހުނަރު ހުންނަ ފަރާތްތަކަށް ޝޯގައި ބައިވެރިވުމުގެ ފުރުސަތު އެބޮތްކަމަށެވެ. މި ފަހަރުގެ ޝޯވެގެންދާނީ އެހެން އަހަރުތަކާ ޚިލާފަށް ބޮޑު ތަފާތުތަކެއް ފެނިގެންދާނެ ޝޯ އެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އިންޑިއާސް ގޮޓް ޓެލެންޓް"ގެ ޖަޖުކަން ކޮށްފައިވާ ބައެއް މަޝްހޫރު ތަރިންގެ ތެރޭގައި ދަރުމެންދަރު، ސާޖިދު ޚާން، ފަރާ ޚާން، ކަރަން ޖޯހަރު އަދި މަލައިކާ އަރޯރާ ހިމެނެއެވެ.

comment ކޮމެންޓް