ފީނަންގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެ

ބ. މާޅޮސް

ބ. މާޅޮހުން ފީނަންގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ފީނަން ގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު މިއަދު ހަވީރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ހިބަރެއްގެ ތުންގަނޑު މެޔަށް ހެރިގެން މިއަދު މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"ފީނަން ގޮސް އުޅުނު މީހެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވޭ. އަދި އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ. ނިޔާވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް