އެމްޑީޕީ އެތެރޭ އިންތިހާބުގެ ކެންޑިޑޭޓުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހު---

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގެ ކެންޑިޑޭޓުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީއިން މިއަދު އާންމު ކުރި އިއުލާނެއްގައި ވާގޮތުުން އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަައިވަނީ މިއަދުން ފެށިގެން 30 އޮގަސްޓްވާ ހޯމަ ދުވަހާ ހަމައަށެވެ. ޝަކުވާ ހުށަހަޅާއިރު ސިޓީގެ އަސްލު ހުށަހަޅާނަމަ ހުށަހެޅޭނީ އާދީއްތަ އަދި ހޯމަ ދުވަހުގެ ހެދުނު 09:00 ކުން ހަވީރު 16:00 އަށް އެމްޑީޕީ އޮފީހުގެ ދެވަނަ ފަންގިފިލާއަށެވެ.

އޮންލައިންކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން ހޯމަ ދުވަހު 16:00 އާ ހަމަޔަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މިއަދު ޝަކުވާއަށް ހުޅުވާލާފައިވަނީ އޮގަސްޓް 16 ވަނަ ދުވަހު އެމްޑީޕީއިން ހުޅުވާލި ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ ތެެރެއިން ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރިއިރު ޝަކުވާ ހިމެނިފައިނުވާ ފަރާތްތަކަށްކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މިއަދު ހުޅުވާލި ފުރުސަތުގައި ކުރިން ހުށަހަޅާފައިވާ ފުރުސަތުގައި ހުށަނާޅާ އާ ޝަަކުވާއެއް ބަލައި ނުގަންނާނެކަންވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ 735 ކެނޑިޑޭޓުންނާއެކު އަންނަ މަހުގެ 25ވަނަ ދުވަހުއެވެ.

އެ އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި 900 އަށްވުރެ ގިނަ މީހުން އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް