ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީއަކަށް ކުރީގެ ތަރުޖަމާނު ހޫދު

ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސެކްރެޓަރީގެ މަގާމަށް ހޫދު އައްޔަންކުރައްވައިފި--- ފޮޓޯ/ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަގާމަށް އެ އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް ހޫދު އައްޔަންކުރައްވައިފިއެވެ.

ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަގާމަށް ހޫދު އައްޔަނު ކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަގާމަށް، މިއަދު ހޫދު އައްޔަންކުރެއްވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރުމަށްފަހުއެވެ.

ރައީސް އޮފީހުން ބުނީ އެ ބަދަލު ގެނައިކަމުގައިވިޔަސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމުގެ ޒިންމާތައް ކުރިއެކޭ އެއްފަދައިން ހޫދު އަދާކުރައްވަމުންދާނެކަމަށެވެ.

ހޫދަކީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، ޕޮލިޓިކަލް ސައިންސް އަދި އިންގްލިޝް ލިޓްރޭޗާއިން، ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ހޫދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަންގެ މަގާމުވެސް ފުރުއްވާފައެވެ.

comment ކޮމެންޓް