ކޯޕަރޭޓް މޯލްޑިވްސްގެ "ގޯލްޑް 100 ގާލާ" އޮކްޓޫބަރު މަހު

މީގެ ކުރިން ބޭއްވި ގޯލްޑް 100 ގާލާ އިވެންޓެއް--

ކޯޕަރޭޓް މޯލްޑިވްސްއިން ބާއްވާ ގޯލްޑް 100 ގާލާގެ ފަސްވަނަ އެޑިޝަން އޮކްޓޫބަރު 21 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ އެންމެ އިސްފަރާތްތައް ބައިވެރިވާ އެ އިވެންޓުގައި ގޯލްޑް 100 އަށް ހޮވޭ ފަރާތްތަކަށް އެވޯޑު ދިނުމާއި ގޯލްޑް 100 މެގަޒިން ލޯންޗްކުރުން އޮންނާނެއެވެ.

ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ.

އެ ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުގައެވެ. އަދި އެ ލިސްޓު އާންމުކުރަނީ ވިޔަފާރިތައް ރޭންކުކުރުމުގެ ބަދަލުގައި އަލްފަބެޓިކް އޯޑަރުންނެވެ.

ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތައް ކްރައިޓީރިއާކޮށް މާކެޓްގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ 100 ކުންފުނި ހޮވުމަށް އެންމެ ފުރަތަމަ "ގޯލްޑް 100" ގެ ނަމުގައި އެވޯޑެއް ދޭންފެށީ 2017 ވަނަ އަހަރުގައެވެ.

އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސްއިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ.

comment ކޮމެންޓް