ފިލްމު މާމުއި މިހާރު މަލްޓިސްކްރީނުން ބަލާލެވޭނެ

މާމުއި ގެ ޕޯސްޓަރު---

ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މާމުއި" މަލްޓްސްކްރީންގައި ސްޓްރީމްކުރަން ފަށައިފިއެވެ.

ބޮޑު ކާސްޓެއް ހިމެނޭ މާމުއި އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ކޮމެޑީ އެ ފިލްމު ރަހުމަތްތެރިންނާ އެކު ބަލައިލަން "މާމުއި" ވަރުގެ ފިލްމެއް ނެތްކަން ގިނަ ބަޔަކު އިއްތިފާގުވެ އެވެ. "މާމުއި" އަކީ ބަނޑަށް ހީހީ ހަލާކުކޮށްލި ކޮމެޑީއެކެވެ. ފިލްމުގައި ފެނިގެންދަނީ އަންހެން ކުއްޖެއްގެ ސަބަބުން ދެ މީހެއްގެ ދެމެދު ހިނގާ ހަމަނުޖެހުންތަކެވެ.

މާމުއި އިން ފެނިގެންދާ ތަރިންނަކީ މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް، ޝީލާ ނަޖީބް، ހަމްދާން ފާރޫގް، އިސްމާއިލް ޖުމައިހް، މަރިޔަމް މަޖުދާ، އަހްމަދު ސައީދު، މުހައްމަދު ފައިސަލް، ނުޒުހަތު ޝުއައިބު، އިބްރާހިމް ޝާފިއު (ފުބޫ) އަދި އަހްމަދު ސުނީ ފަދަ ހުނަރުވެރި ތަރިންނެވެ.

comment ކޮމެންޓް