މިއަދު ޕޮޒިޓިވްވީ މާލެއިން 42، ރަށްރަށުން 125

ކޮވިޑް19 ފެތުރޭތީ ފިޔަވަޅުތައް ވަރުގަދަކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 178 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން އާންމުކުރި ހިސާބުތައް ދައްކާގޮތުން، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 43 މީހުންނާއި، ރަށްރަށުން 125 މީހުން އަދި ރިސޯޓުތަކުން ހަތް މީހުންނާއި ހަދަމުންދާ ރިސޯޓުތަކުން ތިން މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 73،660 އަށް އަރައިފަ އެވެ.

މިވަގުތު ބަލިޖެހިފައިތިބި މީހުންގެ ޖުމްލަ އަކީ 3،815 އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުތަކުގައި ތިބީ 27 މީހުންނެވެ.

ރާއްޖެއިން 210 މީހަކު ބަލީގައި މަރުވެފައިވާއިރު ބަލިން ފަސޭހަވި މީހުންގެ ޖުމްލަ ވަނީ 69،623 އަށް އަރައިފަ އެވެ. މިދިޔަ 24 ގަޑއިރު ތެރޭ 245 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުންގެ ނަންބަރުތައް ދަށްވާން ފަށާފައިވާއިރު، ބަލި ކޮންޓްރޯލު ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ މަހުގެ އެކަކުން ފެށިގެން ލުއިދޭން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް