ކައިލީ އާ ޓްރެވިސް އަލުން ގުޅުނީތަ؟

ކައިލީ އާއި ޓްރެވިސް--

މަޝްހޫރު ރިއޭލިޓީ ތަރި ކައިލީ ޖެނާ އާ ޓްރެވިސް ސްކޮޓް އަލުން ގުޅިއްޖެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ކައިލީ އާ އޭނާގެ ކުރީގެ ލޯބިވެރިޔާ ޓްރެވިސް އަށް ވަނީ އަންހެން ކުއްޖަކު ވެސް ލިބިފައެވެ. 2019 ވަނަ އަހަރު މި ދެމީހުން ވަކިވި ނަމަވެސް ދެމީހުންގެ ދަރިފުޅު ސްޓޯމީ ބަލަނީ ވަރަށް އެކުގައެވެ.

ދާދިފަހުން ޓްރެވިސް އާ ކައިލީ އެކުގައި ވަނީ ވަރަށް ބޮޑު ހަފްލާއަކަށް ވެސް ގޮސްފައެވެ. އެ ހަފްލާގައި ޓްރެވިސް އަށް ވަނީ ޕާސަން ޓޭބަލް އެވޯޑު ލިބިފައެވެ. އަދި އެވޯޑާ ހަވާލުވުމަށްފަހު ޓްރެވިސް ބުނީ އަންހެނުން {ކައިލީ} ދެކެ ވަރަށް ލޯބިވާކަމަށެވެ. އަދި ކައިލީގެ އިންސްޓަގްރާމްގައި ވެސް ޓްރެވިސް އާއެކު ނަގާފައި ހުރި ފޮޓޯ ވަނީ ހިއްސާކޮށްފައެވެ. ހަމައެއާއެކު ޓްރެވިސްގެ އުފަންދުވަސް ފާހަގަކުރަން ކައިލީ އެހެން ގައުމަކަށް ދިޔަ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކައިލީ އާ ޓްރެވިސް ލޯބީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް