ކޮވިޑުގައި 27 އަހަރުގެ ދިވެހި ޒުވާނަކު މަރުވެއްޖެ

ހުޅުމާލޭ މެޑިކަލް ފެސިލިޓީ: އެ ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ ގިނަ ބަޔަކު އަންނަނީ މަރުވަމުން --- ފޮޓޯ: ޕީއެސްއެމް

ކޮވިޑް19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު މަރުވެފައިވާ ކަމަށެވެ.

އޭނާ މަރުވީ މިއަދު ހަވީރު 6:00 ހާއިރު އެވެ.

މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 198އަށް ވަނީ އަރައިފަ އެވެ.

މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 9،326 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 88 މީހުންނަށެވެ.

comment ކޮމެންޓް