ފެނާއި ކަރަންޓުގެ އަގު ކުޑަ ކުރުމަށް މާލޭގެ މޭޔަރު ގޮވާލައްވައިފި

އި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓީ/ ސިޓީ ކައުންސިލް

މާލެ ސީޓީގެ ފެނާއި ކަރަންޓުގެ އަގު ކުޑަ ކުރުމަށް ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މާލޭގެ އިންތިހާބީ ފުރަތަމަ މޭޔަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ވަބާ ފެތުރިފައިވާ މި ދަނޑިވަޅުގައި، ގިނަ ވަގުތު ކާފިއު އިއުލާންކޮށްފައި އޮތުމުން އެތައް ބައެއްގެ އާމްދަނިއަށް އަސަރުކޮށްފައިވާ ކަމަށެވެެ.

"ވުމާއެކު މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި ގޮވާލަން،" ފެނުގެ ހިދުމަތް ފޯރުކޮށްދެމުންދާ އެމްޑަބްލިއުއެސްސީ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯ ޓެގް ކުރައްވައި، މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

މާލޭގައި ކޮވިޑް ކޭސްތައް އިތުރުވެ، ދުވާލެއްގެ މައްޗަށް އެއްހާހެއްހާ މީހުން ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. ބަލި ކޮންޓްރޯލްކުރުމަށްޓަކައި ހަވީރު 4:00އިން ފަތިހު 4:00އަށް މިހާރު ގެންދަނީ ކާފިއު އިއުލާން ކުރަމުންނެވެ. އޭގެ އިތުރުން ފިހާރަ ތަކާއި ރެސްޓޯރެންޓްތައް ހުޅުވިފައި ހުންނަ ގަޑިތައް ލިމިޓްކޮށް، ރެސްޓޯރެންޓުތަކުގައި ކެއުންވެސް ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް