ހިޔާނާތުގެ ލިސްޓުގައި ނަން އޮތް އޮޑިޓާ ޖެނެރަލް ޒިޔަތު އިސްތިއުފާ ދެއްވައިފި

އޮޑިޓާ ޖެނެރަލް ޒިޔަތު --

ބޮޑު ހިޔާނާތުން މަންފާވި ކަމަށް ތުހުމަތުވުމާ ގުޅިގެން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ދާދި ދެންމެއަކު އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވާފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައި އޮތްކަން މިއަދު ހާމަވުމާއެކު އެވެ.

އެނގިފައިވާ ގޮތުން ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މުގުލުގައި ހުންނެވި އަހުމަދު އަދީބު އެސްޓް ރިކަވަރީ ކޮމިނަށް ދީފައިވާ ބަޔާނުގައި ޒިޔަތަށް ފައިސާ ދީފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ދިނީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.

ޒިޔަތު ވަނީ ޕީޕީއެމްގެ ޓިކެޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގައި ހުޅު ހެންވޭރު ދާއިރާއަށް ވާދަކޮށްފަ އެވެ.

އަދީބުގެ ހިޔާނާތުގެ ފައިސާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅެފައިވަނީ އޭރުގެ އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު އަދި ހަސަން ޒިޔަތުގެ ބޭބެ އަބްދުﷲ ޒިޔަތު އެވެ.

comment ކޮމެންޓް