ބަލިމީހާ އާ އެންމެ ކައިރީ އެންމެ ލޯބިިން، ނަރުހުން

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންގެ ޓީމު-- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ސިއްހީ ބޮޑު ކާރިސާ އެއް ކުރިމަތިވާއިރު އެންމެ ކުރީ ސަފުގައި ތިބޭ ބަޔަކީ ނަރުހުންނެވެ. ބަލިމީހުންނަށް ދޭންޖެހޭ އަޅާލުމާއި އެހީތެރިކަން ހޮސްޕިޓަލުތަކުގެ ތެރޭގައި ދިނުމުގެ އިތުރުން ބަލިމީހުން ހިތްހަމަޖައްސައިދީ، އުއްމީދު އާކޮށްދޭފަދަ ވ ާހަކަތައް ކިޔައިދިނުމަކީވެސް ނަރުހުންގެ ދުވަހުގެ މަސައްކަތުގެ ތެރޭގައި، ލިޔެވިފައި ނެތް ނަމަވެސް ގަވައިދުން ކުރާ މަސައްކަތްތަކެވެ. ސައުވީސް ގަޑިއިރު ބަލިމީހާ އަށް ހިދުމަތްކޮށްދިނުމުގައި ނަރުހުން ދެމިތިބޭއިރު ބަލިމީހާ ހޮސްޕިޓަލުގައި ހޭދަކުރާ ދުވަސްތަކުގައި ޑޮކްޓަރުންނާއި ސިއްހީ އެހެނިހެން ހިދުމަތްތެރިންގެ ލަފާގެ މަތިން، ހުރިހާ ކަމެއްހެން ބަލަހައްޓަމުން ދަނީ ނަރުހުންނެވެ.

ނަރުހުންގެ މަސައްކަތަކީ، ހިދުމަތަކީ ވަށާޖެހޭ ހިދުމަތެކެވެ. ބަލިމީހާގެ ހާލަތާ އެއްގޮތަށް އޭނާ އަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތެއް، ބޭސް އެޅުން ކަމުގައި ވިޔަސް، ބޭސް ދިނުން ކަމުގައި ވިޔަސް އަދި ބައެއް ހާލަތްތަކުގައި ސާފުކޮށް ފެންވަރުގައި ހެދުން ކަމުގައިވިޔަސް ކުރަނީ ނަރުހުންނެވެ. ބަލިމީހާގެެ ހާލަތަށް ބަލައި ޑޮކްޓަރުންގެ ލަފާގެ ދަށުން ނަފްސާނީ ގޮތުން ބަލިމީހާ އަށް ހިތްވަރުލައިދީ، ހާލަތު ދެނެގަތުމުގެ މަސައްކަތަކީވެސް ނަރުހުންގެ ޑިއުޓީގެ ތެރޭ އެމީހުން ކުރާ ކަންތަކެވެ.

ހާއްސަ ތަމްރީނާއި ތައުލީމާއެކު ނަރުހުން ވަޒީފާ އަށް ނިކުންނަނީ ބަލިމީހުންނަށް ހިދުމަތްކުރުމުގެ ބުރަ ބޮޑު މަސައްކަތަކީ އިންސާނިއްޔަތަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައި ދެކިގެންނެވެ. ކޮންމެ ސިއްހީ ހިދުމަތްދޭ ތަނެއްގައިވެސް އެތަނަކަށް ހާއްސަ ގަވައިދުތަކާއި ޕްރޮޓޮކޯލްތައް ހުންނައިރު ނަރުހުންގެ މަސައްކަތްވެސް ބިނާކުރަނީ އެ ކަންތަކާ އެއްގޮތަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންގެ ޓީމު-- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ބަލިމީހުންނަށް ހިދުމަތްފޯރުކޮށްދިނުމުގައި ޓްރީޓޮޕް ހޮސްޕިޓަލަކީ ނަމޫނާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަށް ދާ ބަލިމީހުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދޭއިރު، ހޮސްޕިޓަލުގެ ނަރުހުންނަކީ އެ މީހުން ފުރިހަމަ ކުރާ ތަމްތީނާއި ތައުލީމުގެ އިތުުރުން ހޮސްޕިޓަލުގެ ހާއްސަ ތަމްރީނެއް ފުރިހަމަ ކުރުމަށްފަހު ހިދުމަތަށް ނިކުންނަ ނަރުހުންނެވެ.

"ޓްރީޓޮޕް ހޮސްޕިޓަލަށް އަލަށް ވަންނަ މުވައްޒަފުންނަށް ދޭނެ ހާއްސަ އޮރިއެންޓޭޝަނެއް، މުޅި ހޮސްޕިޓަލުގެ އަދި އެ މީހަކު މަސައްކަތްކުރާ ޑިޕާޓްމެންޓުގެ. އޭގެ އިތުރުންނަރުހުން ޖޮއިންކުރާ ޑިޕާޓްމެންޓުގެ ހާއްސަ އޮރިއެންޓޭޝަނެއް ނަރުހުންނަށް ދޭނެ. އަޅުގަނޑުމެންނާ ގުޅޭ ކޮންމެ ނަރުހަކުވެސް މަސައްކަތަށް ނިކުންނަނީ އެ ނަރުހަކު އެ ގުޅޭ ޑިޕާޓްމެންޓަކާ ގުޅޭ ތަމްރީނާއި ހުނަރު ހުރެގެންކަން ޔަގީން ކުރަން،" ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުން ވާހަކަ ދެއްކެވި އިސް ނަރުހަކު ވިދާޅުވި އެވެ.

ކޮވިޑް19 ބަލިމަޑުކަމާއެކު އަހަރެމެން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޓްރީޓޮޕު ހޮސްޕިޓަލުން ޔަގީންކުރާ އެއް ކަމަކީ، އެ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ބަލިމީހުންނަށް ހިދުމަތްދޭން ތިބޭ ނަރުހުންގެ ރައްކާތެރިކަމެވެ. ބަލިމީހުންނާއި ނަރުހުންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް ހޮސްޕިޓަލުން އަޅާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރައްކާތެރިކަމުގެ ވަސީލަތްތައް ނަރުހުންނަށް ފޯރުކޮށްދެވިފައި ހުރޭތޯ ޔަގީންކުރަން. މިސާލަކަށް މާސްކު، ފޭސް ޝީލްޑު، ގައުން ވިޔަސް ނަރުހުން ބޭނުން ކުރާވަރަށް ސްޓޮކް ހުންނަކަން ޔަގީންކުރަން. ނަރުހުންނަކީ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން ތިބި ބަޔެއްތޯ ޔަގީން ކުރަން. މަސައްކަތުގެ މާހައުލުގައިވެސް ނަރުހުންނަށް ހާއްސަ ކަންތައްތައް ހުންނާނެ،" ޓްރީޓޮޕްގެ ނަރުސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަރުހުންނަށް ދިމާވާ ކަންތައް ހައްލުކޮށްދީ، ނަރުހުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރަން އަބަދުވެސް ޓްރީޓޮޕްގެ މެނޭޖުމެންޓުން އިސްކަން ދޭކަމަށެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީޓޮޕްގައި ނަރުހުންގެ ޑިޕާޓްމެންޓުގެ މަސައްކަތް ރޭވިފައި އޮންނަނީ، ހިދުމަތުގެ ކޮލެޓީ ދެމެހެއްޓޭނެ، މަސައްކަތް މޮނީޓާ ކުރެވޭނެ އަދި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށެވެ. އެގޮތުން ނާސިން ޑިރެކްޓަރުގެ ފަހަތުން އެޑިއުކޭޝަން މެނޭޖަރާއި، އިންފެކްޝަން ކޮންޓްރޯލް މެނޭޖަރު، އެސިސްޓެންް ޑިރެކްޓަރު މަސައްކަތް ކުރައްވައެވެ.

ކޮންމެ ޝިފްޓެއްގައިވެސް މެނޭޖުމެންޓް ލެވެލްގެ ކޮންމެވެސް އެއް ނާސިން ސްޓާފެއް ހުންނަވަ އެވެ. ވޯޑުގެ ކޮންމެ ޔުނިޓެއްގައިވެސް ހެޑް ނަރުހެއް ކޮންމެ ޝިފްޓަކުވެސް މަސައްކަތް ކުރައްވާނެެ އެވެ.

"ހާއްސަ ދާއިރާތަކުން [ޑިޕާޓްމެންޓު] އެ ދާއިރާއެއްގެ ހާއްސަ ތމްރީނު ލިބިފައ ތިބޭ ނަރުހުން ބައިތިއްބަން އަބަދުވެސް އިސްކަންދެން. މިސާލަކަށް އިންޓެންސިވް ކެއާ ޔުނިޓުގައި އެ ދާއިރާއިން ތަމްރީނުވެފައި ތިބޭ، އެ ދާއިރާއިން ތަޖުރިބާ ހުރި ނަރުހުން ތިއްބަވާނީ،" އެ ހޮސްޕިޓަލުން ވާހަކަ ދެއްކެވި ނަރުސް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިހާރު މި އޮތް ހާލަތަކީ، ނަރުހުންގެ ހިދުމަތަށް މުޅި ރާއްޖެ ވެސް ބޭނުންވެފައިވާ ދުވަސްވަރެކެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއީ ވަރަށް އެހެން ކަހަލަ ތަފާތު ދުވަސްވަރެއް. ނަރުހުންނަށް، ނަރުހުންގެ ހިދުމަތަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ދުވަސްވަރެއް. އަޅުގަނޑު ދަންނަވާލަން ބޭނުން، ނަރުހުންނަށް، މި ޕްރޮފެޝަންގެ ބޭފުޅުންނަށް މި ވަގުތު އެ ބޭފުޅަކަށް ކޮށްދެވުނު ވަރެއް ކިތަންމެ ކުޑަ މިންވަރަކުންވެސް ކޮށްދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހުންގެ ތެރެއިން ދިވެހި މުވައްޒަފުންގެ އަދަދަކީ ގާތްގަނޑަކަށް 25 ޕަސެންޓެވެ. އެ ހޮސްޕިޓަލުގެ ހިދުމަތަށް ގުޅެން ދިވެހި ނަރުހުންނަށް މަރުހަބާ ކިޔާކަމަށް ނަރުސް ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ދިވެހި ނަރުހުން ބޭނުންވޭ. ދިވެހި ޕޭޝަންޓުންނަށް ފަރުވާ ދޭން، މަސައްކަތް ރާވަން ދިވެހި ނަރުހުން ބޭނުން. މިހާރު ކޮންމެވެސް ވަރަކަށް ކޮލެޖު ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުން އެބަ އާދޭ މިކޮޅަށް. ދިވެހި ދަރިވަރުންނަށް، ނަރުހުންނަށް މި ތަނުގައި ފުރުސަތު އޮތްކަން ފާހަގަ ކުރަން ބޭނުން،" އޭނާ ވިދާޅުވި އެވެ.

ނަރުހުންގެ ވަޒީފާ އަކީ ވަކި ޖިންސަކަށް އޮތް މަސައްކަތެއް ނޫނެެވެ. މި ޕްރޮފެޝަން އަކީ ކުރިއަށްދާން އެޅޭ މުހިއްމު ބިންގަލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"ފިރިހެން ނަރުހުންގެ ހިދުމަތްވެސް ވަރަށް ބޮޑަށް ބޭނުންވޭ. މިއީ ވަކި ޖިންސަކަށް ހާއްސަ މަސައްކަތެއް ނޫން. ދިވެހި ފިރިހެން ކުދިން ވަރަށް މަދު މި ޕްރޮފެޝަން އަށް ނިކުންނަ މިންވަރު. އަޅުގަނޑު ބުނާނީ ނާސިން ޕްރޮފެޝަން އަކީ ކުރިއަށްދާން އެޅޭ މުހިއްމު ބިންގަލެކޭ. ކޮންމެެ ތަނަކު ވަޒީފާ އަދާކުރަން ބޭނުންވިޔަސް އެ ފުރުސަތު ނަރުހުންނަށް އޮންނާނެ،" ޓްރީޓޮޕުން ވާހަކަ ދެއްކެވި ނަރުސް ވިދާޅުވި އެވެ.

comment ކޮމެންޓް