ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފި

އޭޕްރީލް 10، 2021: ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން\ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށައިފި އެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވަނީ މިއަދު މެންދުރު 2:00ގަ އެވެ.

ވޯޓުލައި ނިމޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން ގާނޫނު ލާޒިމު ކުރެ އެވެ. އެހެންކަމުން، އިލެކްޝަނުން އެކަން ކުރަން ޖެހިފައި އޮތީ މި މަހުގެ 24ގެ ކުރިންނެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފެށީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި ނަތީޖާތަށް އިލެކްޝަންސްގެ ވެބްސައިޓުން ފެންނަ ގޮތް ވަނީ ހަދައިފަ އެވެ.

ވޯޓުފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށާފައިވާއިރު، ބައެއް ފޮށިތަކުގެ ނަތީޖާ ޔަގީންކުރަން އަލުން ގުނި އެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ވޯޓު އޮޅުވާލީ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން މުޒާހަރާވެސް ކުރި އެވެ.

ދާއިމީ ނަތީޖާ އިއުލާނު ކުރިޔަސް، ބައެއް ދާއިރާތަކުގައި ލިބުނު ވޯޓު އެއްވަރުވެފައިވާތީ ގޮނޑިއާ މެދު ގޮތެއް ނުނިމެ އެވެ. އެހެންވެ، އެ ދާއިރާތަކުގައި ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އަދި ބައި އިލެކްޝަން ބާއްވާނެ އެވެ.

comment ކޮމެންޓް