ޕީކީ ބްލައިންޑާޒްގެ ތަރި ހެލެން މެކްރޯރީ މަރުވެއްޖެ

މަޝްހޫރު ސީރީޒް ޕީކީ ބްލައިންޑާސްގެ ތަރި، 52، މަރުވެއްޖެ އެވެ.

ބްރިޓިޝް އެކްޓަރު ހެލެން މަރުވިކަން ކަށަވަރުކޮށްދެމުން އޭނާގެ ފިރިމީހާ އެކްޓަރު ޑެމިއެން ލުއިސް ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ކެންސަރާ ހަނގުރާމަ ކުރަމުން ދަނިކޮށް ހެލެން މަރުވެއްޖެ ކަމަށެވެ. ހެލެންގެ އަމިއްލަ ގޭގައި މަރުވި އިރު ޑެމިއެން ބުނީ ހެލެންއަކީ ހިތްވަރުގަދަ އަންހެނެއް ކަމަށެވެ.

ދެކުދިން ހުންނަ ހެލެން އަށް ކެންސަރު ޖެހިފައިވާ ކަން ވަނީ ޕަބްލިކަށް ސިއްރުކޮށްފަ އެވެ. ހެރީ ޕޮޓާގައިވެސް ހަރަކާތްތެރިވި ހެލެން އާ ޑެމިއެން ކައިވެނިކުރީ 2007 ވަނަ އަހަރުގަ އެވެ.

އޭނާ މަރުވުމާ އެކު މަޝްހޫރު އެތައް ފަންނާނުންނެއް އަންނަނީ ހެލެންގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. ގިނަ އަދަދެއްގެ ފިލްމުތަކާ ސީރީޒްތަކުން ފެނިފައިވާ ހެލެން އަކީ އާންމުންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ އެކްޓަރެކެވެ.

comment ކޮމެންޓް