ވައިކަރަދޫ ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ވައިކަރަދޫ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ނަސީމް

ވައިކަރަދޫ ކައުންސިލުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ނަސީމް، ރައީސް ކަމުގެ މަގާމުންނާއި ކައުނސިލަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު އެވެ.

ނަސީމް "ސަން " އަށް ވިދާޅުވީ އިސްތިއުފާ ދެއްވީ ކައުންސިލަރު ކަމަށްް އިންތިހާބުވި ދައުރު ހަމަވެ، ދައުރަށް އިތުރުކުރެވުނު މުއްދަތުވެސް ހަމަވަން ގާތްވެފައި އޮތުމުންނާއި އެހެން ދާއިރާ އަކުން ކުރިއަށް ދިޔުމަށް ފުރުސަތު ލިބުމުން ކަމަށެވެ.

"2014 އިން 2021 އަށް މި ހޭދަވި މުއްދަތުގައިވެސް އަޅުގަނޑު ދެކުނީ މީހުން ބިނާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް. އެ ދާއިރާ އިން ކުރިއަށް ދިޔުމަށް ފުރުސަތު ލިބުމުން އިސްތިއުފާ ދިނީ،" އެނާ ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އޭނާ އަށް ހދ އަތޮޅު މަދުރަސާގެ ޓީޗަރެއްގެ ވަޒީފާ ލިބިފައިވާ ކަމަށާޢި އެހެންކަމުން މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރުމުގެ ފުރުސަތު ލިބުމުން އެ މަސައކްަތާ އެކު ކުރިއަށް ދާން ނިންމީ ކަމަށެވެ.

comment ކޮމެންޓް